Support Us

ފޮތް ކިޔުމާ ބެހޭ ގޮތުން ބުނެވިފައިވާ ބައެއް ވާހަކަ

ތިރީގައި މި ވަނީ ފޮތް ކިޔުމާ ބެހޭ ގޮތުން ބުނެވިފައިވާ ބައެއް ވާހަކައެވެ.

1. ފޮތަކީ ދުނިޔެ ފެނިދިޔުމަށްޓަކައި ހުޅުވާލެވިފައިވާ ކުޑަ ދޮރެކެވެ.
2. ރަނގަޅު ތިން ފޮތް އެއް ފަހަރު ކިޔުމަށް ވުރެން، ރަނގަޅު އެއް ފޮތް ތިން ފަހަރު ކިޔުމުގެ ފައިދާ މާބޮޑެވެ.
3. އިންސާނާއަކީ ކާކުކަން ދެނެގަތުމަށްޓަކައި އޭނަ ކިޔަނީ ކޮން ފޮތެއް ކަމާއި އެ ފޮތް ކިޔަނީ ކީއްވެގެންކަން އަހާލުން ރަނގަޅެވެ.
4. ފޮތް ކިޔަން ލޯބިކުރުމުން، ފޫހި ވަގުތުތައް، ފޫހިފިލައިދާ ވަގުތުތަކަކަށް ބަދަލުކޮށްލުމުގެ ވަސީލަތެއް ލިބެއްޖެއެވެ.
5. ފޮތަކީ އޭގެ އަސަރު އެހެން ކަންކަމަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާ އެއްޗެކެވެ. ހަމަ އެހެންމެ، ވެރިކަން ކުރާ މީހުންގެ ހަނދާންތަކަށް ވުރެ، އިލްމުވެރި ލިޔުންތެރިންގެ ހަނދާންތައް މާ ދިގު މުއްދަކަށް ދެމިގެން ދެއެވެ.
6. ހަށިގަނޑު ހެދި ބޮޑުވަނީ ކާނާއިންނާއި ކަސްރަތުންނެވެ. ސިކުނޑި ފުޅާވެ ތަރައްގީ ވަނީ ފޮތް ކިޔުމުންނާއި ވިސްނާ ފިކުރުކުރުމުންނެވެ.
7. ފޮތް ކިޔާ އިރު، ލަސްލަހުން، ކޮންމެ ލަފްޒެއްގެ މަފްހޫމަކީ ކޮބައިކަން ހިތަށް ގެންނަމުން ކިޔަމުން ދާށެވެ!
8. ފޮތެއް ފުރަތަމަ ފަހަރު ކިޔާ އިރު، އާ ރަހުމަތްތެރިއެއް ލިބިއްޖެ ކަމުގެ އިހުސާސުވެއެވެ. އެފޮތް ދެވަނަ ފަހަރަށް ކިޔާ އިރު، އިހުގެ ރަހުމަތްތެރިއަކާ އަލުން ބައްދަލުވުމުގެ އިހުސާސުކުރެވެއެވެ.
9. ކިޔުމަށް މަގުދައްކާ މީހުން ބުނެއެވެ: ކިޔަން ވަނީ އެއިން ފައިދާ ލިބޭ އެއްޗިއްސެވެ. ނަމަވެސް، ބުނަން ޖެހޭނީ ކިޔާ ކޮންމެ އެއްޗަކުން ވެސް ފައިދާއެއް ކުރޭތޯ ބަލާށެވެ!
10. އަމިއްލަ ލައިބުރަރީއެއް ގޭގައި ގާއިމުކުރުމަކީ ސާނަވީ ކަމެއްގެ ގޮތުގައި ބަލައި، ހަޔާތް ފުރިހަމަ ކުރުމުގެ ގޮތުން ކުރާކަމަކަށް ނުހަދާށެވެ. އެއީ ހަޔާތުގެ އަސާސީ ކަމެއްގެ ގޮތުގައި ދެކޭށެވެ. އެހެނީ ކުދިން ބޮޑެތި ކުރަން ވާނީ ފޮތްތަކުގެ ތެރޭގައެވެ. އެ ކުދިންގެ ވަށައިގެން ފޮތްތައް ފެންނަން ހުންނަ ގޮތަކަށެވެ.

11. ފޮތަކީ ބޭވަފާތެރި ނުވާނޭ ރަހުމަތްތެރިއެކެވެ.

12. އިންސާނާއަކީ އިލްމީ ސަގާފަތުގެ އަހުލުވެރިއަކަށް ހަދާލަދޭ އެއްޗަކީ ފޮތެވެ.

13. (ތިރީގައި އެވާ ތަސްވީރުގައި އޮތް ލިޔުން ކޮޅުގެ މާނަ:) 'އިޤްރައު (ކިޔާށެވެ، މިކަލިމަކޮޅު) ގެ އުއްމަތުގެ މީހުންނަކީ ފޮތް ކިޔާ ބައެއް ނޫނެވެ!)