Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

"އަހަރެން ގާތު ކަށްވަޅުގެ އަޒާބުގެ ވާހަކައާއި ނަރަކައިގެ އަޒާބުގެ ވާހަކަ ނުދައްކާށެވެ! އެކަންކަމުގެ ފުރަގަހުގައި ވަނީ، ހުރިހާ ފާފަތަކެއް ވެސް ފުއްސަވާ، އަދުލުވެރި، ރަހުމާނުވަންތަ މާތްﷲއެވެ.

ނަމަވެސް، އަހަރެން ގާތު ފަގީރުކަން ކުރިމަތިކުރުވާ ވޭނާއި އަޒާބުގެ ވާހަކަ ދައްކާށެވެ! އެކަމުގެ ސަބަބެއް ކަމުގައި އޮތީ ތަނުގެ އިގުތިސާދު ހެޔޮ ގޮތުގައި ބަލަހައްޓައި ހިންގާލަން ނޭނގޭ، އަނިޔާވެރި، އަމިއްލަ އެދުމުން ފުރިގެންވާ، އެ އެދުން ފުއްދުމަށްޓަކައި މުޅި ގައުމު ވިއްކާލައި ގައުމުގެ މިނިވަންކަން ނަގާލަން ފަސް ނުޖެހޭ، އާންމުންނަށް ކަންކަން އޮޅުވާލާ، އެއްވެސް ލަދެއް ހަޔާތެއް އަދި، ގުއިވަޅުމެއްސެއްގެ އަޚުލާގު ވެސް ނެތް، ޚިޔާނަތްތެރި، ޣައްދާރު ޝައިތާނީ ސިޔާސީ ވެރިންނެވެ. އަހަރެން ގާތު އެ މީހުންނަކީ ކޮބައިކަން ބުނެދީ އެމީހުންނާ ދުރަށްދާން ބުނާށެވެ! އަދި، އެންމެން ގާތު ވެސް، ސިއްރުންނާއި އަޑުހަރުކޮށް، މި ވާހަކަ ބުނެ، މީސްތަކުން އެފަދަ ޝައިތާނީ މީހުންނަށް ތާއީދުކުރުން ހުއްޓުވައި އެފަދަ މީހުންނާ ދުރުހެލި ކުރެވޭތޯ ބަލާށެވެ! ތަސްބީހައެއް ހެން، ގިނަގިނައިން ދައްކަންވީ ދީނީ ވާހަކައަކީ ވެސް ހަމަ މިއީއެވެ! އަދި، ތަނަށް ވެރިވެފައި އޮތް މި ނަންގަތް ފާސިދު، ނިޒާމު އިސްލާހުކޮށް، އެންމެނަށް ވެސް ފައިދާކުރާނޭ ފަދަ ހެޔޮ ނިޒާމެއް ގާއިމުކުރާނެ ގޮތުގެ ވާހަކަ އަހަންނަށާ އެހެން އެންމެނަށް ވެސް ކިޔައިދޭށެވެ!"