އެކެޑަމީ އަޝްރަފް ޢަލީ ހިންގެވި ގޮތުގެ މޮޅުކަން ފެނޭ
ދެކެއުޅުނު މީހުން އެތަން މިހިނދަށް މުޅިން ގޯހޭ ބުނޭ
ޅެންވެރީން އެކުވެރި ބަދަހި ގުޅުމެއް އެއިރު ގުޅުވައި ލިޔަސް
މެންދުރުން އިރުލެނބި މިސާލުން އޮއްސިގެން ދިޔަތަންފެނޭ
ބަހުގެ އަދަބާ ބަހުގެ ހަމަތައް ރަށްރަށާ އެކި ފޮތްފޮތުން
ފަހުގެ ޖީލަށް ފޯރުވައި ދެއްވެވި އުކުޅު އެދުވަހު ފެނޭ
އިސްކަމެއް ގައުމިއްޔަތަށް ދެވިފައިވި ރަން ދައުރަކު ތެރޭ
އިސްޖަހަން ބަހަވީ އަދީބުން ޖެހުނުތަން އަދު އެބަ ފެނޭ
ދައުލަތުގެ ތަނަކާ ތަނުގެ މަދަނީންގެ އޮންނަންވީ ގުޅުން
މައުނަވީ ގޮތުގައި ނުވާކަން އަދު ބަލައިލީމާ ފެނޭ
ދިވެހިބަސް އަދު ދަންނަ މޮޅު އެކިއެކި އަދީބުން ބޭރުވެވި
ދިވެހިބަސް ދިރުވުމުގެ ނަމުގައި އުނދުޅި ބާނާތަން ފެނޭ
ތަނުގެ ނަންބޯޑާ ގުޅޭ ޒިންމާ ސަފުން މޭރުން ނުވެވި
ޓަނުގެ ބުރަ ލަފުޒުން ލަގަބު ލިބުނަސް ނުހިންގޭތަން ފެނޭ