ޞަލަވާތް ރިވެތި ޞީޣަތަކުން ކިޔަވާށިޔޭ
ނަލަ ރީތިހައި ފަރި ބަސްތަކުން އަމުނާށިޔޭ
ކައުމުޞްޠަފާޔަށް ލެއްވުމަށް ޞަލަވާތްވިގިނަ
ފައުޅާއި ސިއްރުން ކިޔަވަމުން ގެންދާށިޔޭ
އިސްރާގެރޭ ކުރަމުން ހަނދާން ޒިކުރާތަކުން
އިސްލާމުނޭ އިޙްޔާ އެރޭ ކޮށްދޭށިޔޭ
މިޢުރާޖުގައި އެކުލެވުނު މަތިވެރި ހެކިތަކާ
އިޢުލާނުވީހައި ސިއްރުތައް ވިސްނާށިޔޭ
މައުވާ ކިޔޭ ޖަންނަތުގެ ކައިރީ ހުންނެވީ
އައުދާނަ ޖިބްރީލޭ އެއަށަ ހެކިވާށިޔޭ
ނަބައުގެބަޔާން ކޮށްދެއްވުމުން މުޝްރިކުތަކުން
ޚަބަރާމެދަށް ޚައިރާންވި ވަރު ދަންނާށިޔޭ
މުއުމިނުތަކުން ޞިއްދީޤުފަދަ ތެދުކުޅަޔަކަސް
ނުއުރެދި ނުވީ މަދު މީސްކޮޅަށް ވިސްނާށިޔޭ
ޞަލަވާތްތަކާ ތަސްލީމުގައި ގިނަ ހާރުތައް
ގަލަމާ ދުލުން ތަކުރާރު ކުރަމުން ދާށިޔޭ