Support Us

ޑިމޮކްރަސީގައި އެޅި މަތިވަރު

ދިމުގްރާތީ ތަނަށް ގެންނަން މަރައި އަޚުލާޤު ވަޅުލީޔޭ
އިމުން ހުރިގައި ކަމެއް ހެޔޮ ފޮހެލުމުން ވާގޮތް މިއަދު ފެނެޔޭ

ލިޔަސް ހިތި ރަހަ، ކެނޑޭނީ އިންދި ބާވަތް ތަކުގެ މޭވާޔޭ
ލިޔަސް އަރުގައި އެ ހިތިރަހަ ކާންޖެހޭނީ ހަމަ އެ މޭވާޔޭ

ވެރިންނަށް ހުތުރުހައި ލަގަބާ ސިފައިންނަށް ބަދު ނަމާ ދީފާ
ވެރިންނަށްވާން ހިތީމާ ގައުމު ވެއްޓުނު ވަޅުގަނޑެއް ފެެނެޔޭ

ކަތީބުންނާ ދެކޮޅު ނުހަދައި ދޮށީ މީހުންގެ ކުރި ނުކަނޑައި
ޚަޠީބުން ދޭ ނަސޭހަތުގައި ހިފުން ގައުމުން އޮޔާ ލީޔޭ

ހަދައިގެން ބަސްބުނާނޭ އުކުޅުތައް މުޅި ގައުމުގައި ފަތުރައި
އަނދައިގެން އަބުރު މީސްމީހުންގެ ދާނޭ ގޮތް ތަނަށް ގެނެޔޭ

ސިޔާސަތަކާ "ވެލާނާ" ބެހިއުޅުން އަމުދުން ނުވާބަޔަކަށް
ކިޔާދީ ފަހަނަޅައި އިންތައް ދިއުން މޮޅު ކަންކަމަށް ހެދިޔޭ

ދިވެހި ތާރީޚުގައި ވެރިކަން ލިޔަސް ފުރޮޅައި ނުކުމެ މަދަނީން
ރިވެތި އަޚުލާޤުގައި ދިވެހީން އުޅޭ އުޅުމެއް ފުނޑައި ނުލަޔޭ

ނަތީޖާ އޭގެ ހިތިކޮށް ފެންނަމުން ދާ ކޮންމެ ވަގުތެއްގައި
މަތީ ހުރިހައި ވެރީން ކުށްވެރިކުރަން އަޑު އުފުލަމުން ދުވެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *