ޚިޔާރު ކުރާ ގޮތުން ނިޔަމީން ނިޔާމަ ދަރުތުރު ވެދޭ ނާމާން
ނިޔާފުޅު މަތި އެއަށަ ކުރިޔަސް ނުޖެހި ވާނޭހެ؟ ޒިންމާވާން
ނުހަނު ރީއްޗަށް އޮތަސް އުޑުމަތި ވެދޭ ބަނަ ފުސް ވިލާތަކަކުން
އުހައުވެރި ފަހި ދަތުރު ބިރުވެރިވެ ޖެހިދޭ ދޯނި ދީލައިލާން
އޮމާންކޮށް ރީތިކޮށް އޮތް ކަނޑު އުފުލިލައި ރާޅު ބިޔަ ވަންޏާ
އަމާން ކަމުގައި ދެވޭތޯ ބަނދަރަކަށް މަޖްބޫރު ވެދެޔޭދާން
ވަޔާ އޮއި ރާޅުވެސް އިދިމަތި ވެފައި ކުރިޔާ ތަފާތު ވުމުން
ރިޔާ މެދު ނާޅައެއް ބޮޑު ރިޔަލުގައި ނުކެރޭނެ ދުއްވައިލާން
ފަށަށް ދެބަފެންނަ ދެވުނަސް ދޯނި ރަށަކާ ކައިރި ނުކުރެވުމުން
ރަށެއްގެ ނިވައިފަށަށް ލެފިލައި ފަރަށް ނުލިބޭނެ ފަނައެއްލާން
ޖެހުނުކޮޅިގަނޑު ހިމޭން ވުމަކުން ފުރާކަށް ބަދަނރަކުން ނުކެރޭ
ވެހުނު ވާރޭގެ ގަދަ ކޮޅިގަނޑު ހުރޭ ހަމަ އުދަރެހުން ފެންނާން
ކުރާ ކިތަކެއް ދަތުރު ނިމެނީ މިފަދަ ނިޔަމީންގެ އެކި ސަބަބުން
ތުރާލަށް ދަތުރުގައި ލައިގަތް ޖެހޭނީ ކާކު؟ ޒިންމާވާން