ރާގު: މަލުންމަލުން ހާރުތައް މީ ގަތާލާ.
ހަނދާން އަބަދު އާވެޔޭ ތިޔަ ރަސޫލާ
ވިދާލި ދީނިއްޔަ ނޫރުން އުޖާލާ
ހަނދާ އިރުން ދޭ ވިދާ އަލިވެ އާލާ
އަދާ ތަކޭ ހަނދުމަވީ، މާ ދުރާލާ
ހިތާއި ރޫޙާ ވެވޭށި ކިޔަމަން
މިތާ ޙަޔާތަށް ފަހުން ވީމަ މަރުވަން
ނިތާ ބިމާ ގުޅި އަޅުންވެ ކިޔަމަން
ކިތާބު ދެއްކެވި މަގުން ދާށަ ފާލަން
ޚިޠާބުގައި ދެއްވުމުން ގިނަ މިސާލާ
ސަލާމަތާ ތެދު ޞިރާޠު މަގުގައި
ފަލާޙު އެދިގެން މަގުން ދާދިއުމުގައި
ހަލާކު ލިބިގެން ނުދާނެ ގޮތުގައި
ބަލާތަކުން ދުރުވުމަށް ފަހު ދުވަހުގައި
ކަލާންފުޅޭ އޮތް މަގީ ހެޔޮ އުޞޫލާ
ޝަފާޢަތުގެ ވެރި ނަބީގެ އަރިހަށް
ނަފާލިބޭ ގިނަވި ޞަލަވާތް ކިޔެވުމަށް
މަފާޒު ހޯދުން އަދައި ވެދުންތައް
ތަފާތު ގިނަގުނަ ކުރޭ ފަތުގެ ޢަދަދަށް
ލަފާ ގޮތާ ފޮތުގެ ވެރި ކައު ރަސޫލާ