މަލުން މީރުވަސް ދުވި އިހުގެ ރަން ޒަމާނޭ
އަލުން ށުންދު އެދެނީ ހިތާ ރޫޙު ޖާނޭ
ހަވީރާ ހެދުނު ފަރިވި މާތައް ނަޔާ
އަވީ ހޫނުގައި ގަދަ މިލައި މޯޅިވާނޭ
ރުވާޅަފަތު ގަސްގަސް ތެދަށް ހެއްދިދާ ނެތަ؟
ނުވާނަމަ އެއަށަ ލުން އަޅައި ބަލަ ޔަގީނޭ
ދިނަސްފެން ދެެއިރު ގަސް ނެހެދެޔޭ ތެދަށް!
ވިނައި ވައިއަޅައިގެން ލެނބޭހެން ލެނބޭނޭ
ގަހުގެ އާރުނުލަނީސް ނުވަތަ ލަކުޑި ނުވަނީސް
ގަހުގެދަނޑި ނުކޮށްތެދު ތެދަށްނުމެ ހެދޭނޭ
އަޅާ ކަމަކު ކާނާ ބުޑަށް ގަހުގެ ދެއިރަށް
ފަޅާގަސް ނުހާނައި ތެދަށް ނުމެ ހެދޭނޭ
ޖެހޭ ތާކު ވައި ޅޮސް ހެދޭ އާރުލައި
ޖެހޭވައި އެޅުން ނެތަމަ އާރެއް ނުލާނޭ
ތިމާ ކުރިމަތީގައި ހިނގާ ކަންކަމާ މެދު
ތިމާ ވިސްނުމުން ދާންވި މަގު އަލި ވެދާނޭ
ފިލާވަޅު މިހިރަ ކަންކަމުން ހޯދުމުން
ފިލާހުއްޓެ ތަންދޮރު ތިމާޔަށް ޔަގީނޭ