ދިވެހި ޅެންވެރިކަމުގެ ކިތަކެއް ގަރުނުތޯ އިސްވެ މާޒީވީ
ދިވެހިއަރުމާދު އާއި ދިޔޯ ޅެމުން ދިވެހީން ގެނެސް ދެއްވީ
މުޢީނުއްދީނު އަލްވަލް ރަސްކަމާ ގުޅުވޭ ދަތުރުފުޅުގައި
ބަނޑޭރި ޙަސަން މަނިކުރާނުން ދިވެހިއަރުމާދު ލިޔެދެއްވީ
ޅެމުގެ ނަންތަކުގެ ބާވަތްތައް ހުރީ ކިތަކެއް ނަމާ ގުޅުފައި
އެމުނި އެކުލެވި މޮޅަށް ގެތިގެން ކިތައް ބާވަތްތަ؟ ލިޔެފައިވީ
މަދަރުސާއެއް ނުވަތަ ކޮލެޖެއް ނުވަތަ ޔުނިވާސިޓީއެއްވެސް
މަދަދުދީގެން އުފެއްދި އެކަކު ނެތޭ އަދިއެއް އުފަން ކުރުވީ
އެހެން ކަންއޮތް ކަމަކު ގައުމީ އިނާމާ ޝަރަފުތައް ހޯއްދެވި
ކިތައްހޭ؟ ޅެންވެރީން ގައުމީ ޝަރަފުވެރި ލިސްޓުގައި ފަރިވީ
ދިވެހި އަދަބާ ސަގާފަތު އަދި ދިވެހި ގައުމިއްޔަތުގެ ރޫޙަށް
ދިރުން ދޭނަމަ ދިވެހި ޝަޚްޞިއްޔަތާ ވެށްޓޭ ފަވައިދޭންވީ
ފަޚުރުވެރި ވާންވަނީ ދިވެހީން ދިވެހި ޝަޚްޞުންގެ ޚިދުމަތަށޭ
ބަހުންނާ ގޮތްގޮތުން ބޭރުން ހޮވައި ޝަޚްޞުން ނުދޭށޭވީ