ހާދަ ބޮޑޭ ހާދަ ބޮޑޭ
މަގުތަކު ފެން ހާދަ ބޮޑޭ
އޮއިކަޅު އިރުވައިގެ ތެރޭ
ކަކޫތަނަށް ފެން ބޮޑުވޭ
ގޭގެޔަށަ ތަކެއްޗަށާ
ގެއްލުންވޭ ވަޒަންނުވާ
ނުކުމެ އުޅެން ދަތިވާހާ
ފެންގަނޑު ބޮޑު ވެފައިވެޔޭ
ބޮޑު ފެންގަނޑު ހިއްކުމުގައި
ފުލުހުންނާ ވެސް އެކުގައި
ނުކުމެ ސިފައިން މަގުތަކުގައި
ޚިދުމަތްދީ އެބަ އުޅެޔޭ
ފެންގަނޑު ކުޑައަޑިވެލިޔޭ
ނުކަނޑައި ކެރި އޮތްހިނދުގައި
ވެހެން އެފެށި ވާރޭގައި
އަލުން އިހަށް ހުރިވަރުގައި
ފެންގަނޑު ހެދި ބޮޑުވެއްޖޭ