Support Us

ތިނަދޫ މީހުން ބޭލި ހާދިސާއާ ބެހޭ މައުރަޒާ ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ދަނީ 

ތިނަދޫ މީހުން ރަށުން ބާލައި ރަށް ފަޅުކުރި ޙާދިސާ ދައްކުވައިދޭ މައުރަޒެއް ބާއްވަނީ

މީގެ 58 އަހަރު ކުރިން ގދ. ހަވަރު ތިނަދޫ މީހުން ރަށުން ބާާލައި، ރަށް ފަޅުކުރި ޙާދިސާ ދައްކައިދޭ ކުރެހުމާއި ފޮޓޯ މައުރަޒެއް ތިނަދޫގައި ބާއްވަން ހަމަޖައްސައިފި އެވެ.
ތިނަދޫ ސްޓޭޑިއަމްގެ ފަރާތުން މި މައުރަޒު ހުޅުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހެވެ. އެއީ 1966 ގައި ތިނަދޫގައި އަލުން އާބާދުވާން ފެށިތާ 54 އަހަރު ފުރޭ ދުވަހެވެ.
ތިނަދޫ ސްޓޭޑިއަމްގެ ފަރާތުން އިއްޔެ އިޢުލާންކުރި ގޮތުގައި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ދެ އުމުރުފުރާއަކަށެވެ. އެއީ 16 އަހަރުން ދަށާއި 16 އަހަރުން މައްޗަށެވެ.
ތިނަދޫން މީހުން ބޭލުމަށްޓަކައި 1962 ގައި މުގުރާއި ޝީލްޑާއެކު ދިވެހި ސިފައިންގެ ފައުޖު އެ ރަށަށް އަރައިގެންދަނީ 
ތިނަދޫ ސްޓޭޑިއަމުން މައުލޫމާތު ދިން ގޮތުގައި މައުރަޒު ކުރިޔަށް ދާނީ ފޮޓޯ އަދި އަތުކުރެހުން މި ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފޮޓޯތައް ވާންވާނީ 1962 ވަނަ އަހަރު މި ރަށުން މީހުން ބޭލި ހާދިސާއާ އެއްގޮތަށް ތައްޔާރުކުރެވި އަލުން ނަގާފައިވާ ފޮޓޯ އަށް ކަމަށާއި  ބައިވެރިކުރާ ކުރެހުންތައްވެސް ވާންވާނީ އެ ޙާދިސާ އާ އެއްގޮތް ކުރެހުމަކަށެވެ.
މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ކުރެހުމާއި ފޮޓޯ ޙަވާލު ކުރަން ހަމަޖެހިފައިވާ އެންމެ ފަހު ދުވަހަކީ މި ހިނގާ އޮގަސްޓް މަހުގެ 20 އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް