Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފޮތްފޮތުން- 3

"ފޮތްފޮތުން" މި ސުރުޚީގެ ދަށުން އަޅުގަނޑު މިފަހަރު ލިޔާން ޚިޔާރު މިކުރީ ދިވެހިބަހުން ބަސްމޮށުން ތެރިކަމުގެ ފުރިހަމަ ލާމަސީލު ފޮތެއް ކަމުގައިވާ ސިޔަރަތުން ނަބަވިއްޔާއިން ވާހަކައެކެވެ. ސިޔަރަތުން ނަބަވިއްޔާއަކީ، ބަހަވީ ގޮތުން ވަރަށް ފައިދާހުރި ބަހަވީ ކަންކަން، ކިޔާމީހަކަށް ލިބިދޭނޭ ބަސްމަގަކުން ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ލިޔުއްވާފައިވާ ފޮތެކެވެ. ދިވެހިބަހުގެ އެންމެ ގިނަ ބަހަވަވީ ކަންކަން އެއްފޮތެއްގައި ޖަމާވެ ފެންނާން އޮތް އެއްފޮތެވެ. އެހެންވީމާ، މި ފަދަ ވާހަކަކޮޅުތަކުން ކިޔާ މީހަކަށް ބަހަވީ ގޮތުން ފައިދާތަކެއް ކުރާނެކަން ޔަގީނެވެ.

"މިބާވަތުގެ ވާހަކަތަކުގެ ތެރެއިންވެޔޭ، އެއްދުވަހަކު އިތުރު އެކެލޭގެފާނުން ޙަރަމްފުޅުގައި ނަމާދުފުޅަކަށް ހުންނަވަނިކޮށް އަބޫޖަހުލު އައިސް ބަލަހައްޓައިގެން ހުރެފައި އަވަދިވެވަޑައިގަތީމާ ދެންނެވިއެވެ. ތިޔަކަންތައް މިތާގައި ނުކުރައްވާށެވެ. ތިމަންނާޔަށްވުރެ މިތާގައި މަޖިލިސްބޮޑު ހަމަ އެކަކު ނުވެއެވެ. ތިމަންގެ އަމުރު މިތާގައިވާނީ ހިނގާށެވެ.

އެކަލޭގެފާނު އެއްޗެއް ވިދާޅުނުވެ އިންނަވަނިކޮށް إِقْرَأْ بِسْمِ ސޫރަތުގެ أَرَأَيْتَ الَّذِي يَنْهَى عَبْدًا إِذَا صَلَّى މި އާޔަތުން ފެށިގެން ސޫރަތް ނިޔަލަށް ބާވައި ލައްވައިފިއެވެ. މިސޫރަތް ކިޔަވައި ވިދާޅުވެ ދެއްވީމާއި ސިހުގެން ތެދުވެގެން ހިނގާއްޖެއެވެ. ގޮސްފައި އައިސް އަހައިފިއެވެ. زَبَانِيٌّ ންނަކީ ކިތައް މީހުންތޯއެވެ؟ ޙަދީސްކުރެއްވިޔޭ މާތްކަލާނގެ ވަޙީކުރައްވާފައިވަނީ عَلَيْهَاتِسْعَةَ عَسَرَ މިފަދައިންނެވެ.

ދެން ގޮސް އޭނާގެ މަޖިލީހުގައި ބުންޏޭ މުޙައްމަދުގެފާނު މާ ގަދަފަދަ އޮނަވިހި މީހެއްގެ ވާހަކަފުޅު ދެއްކެވިއެވެ. އަހުރެން އެކަނި ދިހަމީހުން ބަލިކޮށްފާނަމެވެ. ތިޔަބައިމީހުން އެންމެންވެގެން ނުވަމީހުނާއި ދިމާކުރާށެވެ.

ދެނޭ މިއާޔަތް ބާވައިލެއްވީ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَايَعْصُوْنَ اللهَ مَأَمَرَهُمْ وَيَفْعَلُوْنَ مَايُؤْمَرُوْنَ މިއާޔަތްތަކުގެ މަޢުނަ: އެމީހުންނަށް އެނގުމާއިއެކުވެސް އީމާން ނުވެވެނީ ޖާހިލުކަމުގެ ބޮޑުކަމުން مَلَكُوْتِيَّ عَالَمُ ގެ ކަންތައް އެމީހުންގެ ހިތަށް ނުވިސްނޭކަމުންނެވެ.