ވާނެއެނގެން ވާނެއެނގެން
މޫސުންތައް ހިނގާ އެނގެން
ނަކަތާ މޫސުމާ އެނގެން
ހުޅަނގާ އިރުވަޔާ އެނގެން
ފެން މޫސުމު ރާއްޖެ ދެކޭ
ގަސްގަހު ބަނބުކެޔޮ ނުކުމޭ
ތިން ނަކަތަކު އެކަން ވެޔޭ
އެކަން އެހެން ހިގައި ދެޔޭ
ނަކަތް ފެށޭ ވަގުތު ތެރޭ
ހަނދު ހުރި މަންޒިލާ ގުޅޭ
ވިއްސާރަވެ ނުވުން ވެޔޭ
އެކަން އެހެން ހިނގާނެޔޭ
އަތަހިތަޔާ ދެހަޅައިގައި
ދެ ބަދުރުވާ މޫސުމުގައި
ކެޔޮ ނުކުމޭ ގަސްގަހުގައި
ފެން ވެހުމާ ވޭ ގުޅިފައި
ކިޔެއްވެބާ ނޭނގެންވީ
މިއަދު އެކަން ހަނދުމަނެތީ
އެންމެ ދޮށީ ދައުލަތް މީ
ރެކޯޑުތައް ލިޔެފައިވީ
އެކި އަހަރަށް މޫސުމަކީ
ތަފާތުވާ ކަމަކަށަވީ
ހިނގާގޮތާ އާދަ އެއީ
އެކަންކަމޭ ދަންނަންވީ
ބާރަ ބުރުޖު އުޑުގައިވޭ
ކޮންމެ މަހަކު ހަނދުވަދެޔޭ
ހަނދުމަސްތައް އެއިން ފެށޭ
އެތާ އެހަނދު އެއްއުއިވޭ
އެހެންކަމުން ބާރަ ތަނުން
އިރާ ހަނދާ ބައްދަލުވުން
އެތަންވަޅުން މަސް ފެށުމުން
މޫސުންދޭ ފަރަގު ވަމުން