ތަހާނީ ކިޔަން މިތުރުނަށް ހެޔޮ އަދައިގެން
ވަހާކުލަ ރިވެތި މާމަލުން ފަތި ގަތައިގެން
ފިކުރުކޮށް ވެއަތުވީ އަހަރު އުނިވި ކަންކަން
ނިކުމެ ފޫބެދޭތޯ ޢަޒުމު ކަނޑައަޅަައިގެން
ދެކޮޅުވެރި ކަމުގެ ހޫނު އަލިފާން ނިވާލައި
ދެކޮޅުވެރި ނުވާ ބަދަހިހެޔޮ ގުޅުމަކައިގެން
ނަސޭހަތް އެކަކު އަނެކަކަށްދީ ވެއިޞްލާޙް
ފަސޭހަވި މިދީނަށް އުޅެން ގަދައަޅައިގެން
ސިޔާސީ ތޮޅުންތައް މިތާނގައި އެ ކޯޅޭ
ވިޔާދާ ގޮތެއްގައި ކުރަން އިސްނަގައިގެން
އިހަށް ގައުމުގައި އޮތް ގުޅުންތައް އުފައްދައި
ކިހައްޑިޔަ ބުރާބަސް ދުލުން ނުބުނުމައިގެން
ދިވެހި ދީބު ފާގަތި ކުރެއްވުން އަދައިގެން
ދިވެހިރައްޔިތުން އެކުވެގެން ފޫގަޅައިގެން
