މުޚާޠަބު ކުރުމުގައި "އަޅުގަނޑު" ކިޔުމަކީ، މާތްރަސްކަލާނގެ ޙަޟްރަތަށް ދުއާ ކުރާ ޙާލަތަށް ވުރެވެސް އަމިއްލަ ނަފުސު އިންސާނުންގެ ކުރިމަތީގައި ނިކަމެތިކުރުމެއް ކަމަށް ބައެއް މީހުން ހީކުރެތެވެ. އާދޭހެވެ! ބަސް ފަހުމުވާ ގޮތުން އެހެން ހީކުރެވިދާނެއެވެ.
ނަމަވެސް ކަން ހުރީ އެހެންނަކުންނެއް ނޫނެވެ. ދިވެހިބަހުން ދުއާކުރާ ޙާލަތުގައި މާތްރަސްކަލާނގެ އަށް ނިސްބަތް ކުރާނީ "އަޅާ" އެވެ. އެއީ، މާތްރަސްކަލާނގެ ނޫން ފަރާތަކަށް ނިސްބަތް ނުކުރެވޭ ޚާއްޞަ ބަހެކެވެ. އެހެންކަމުން، "އަޅުގަނޑު" މިބަސް ބޭނުން ކުރާނީ އިންސާނުންނާ މުޚާޠަބު ކުރުމަށް އެކަންޏެވެ.
އިންސާނަކާ މުޚާޠަބު ކުރުމަށް "އަޅާ" މިބަހެއް ބޭނުމެއް ނުކުރާނެއެވެ. ކޮށްގެނެއްވެސް ނުވާނެއެވެ. އެހެނީ، "އަޅާ" މި ބަހަކީ ހަމައެކަނި މާތްރަސްކަލާނގެއަށް ޚާއްޞަ ކުރެވިގެންވާ ބަހަކަށް ވާތީއެވެ. އެފަދައިން، މާތްރަސްކަލާނގެ ޙަޟްރަތުގައި ދުއާ ކުރުމަކަށް "އަޅުގަނޑު" މިބަހެއްވެސް ބޭނުމެއް ނުކުރެވޭނެތެވެ. އެހެނީ، "އަޅުގަނޑު" މި ބަހަކީ ހަމައެކަނި އިންސާނުންނާ މުޚާޠަބު ކުރުމަށް ޚާއްޞަވެގެންވާ ބަހަކަށް ވާތީއެވެ. މާތްރަސްކަލާނގެ ޙަޟްރަތުގައި ދުއާ ކުރުމަށް "އަޅުގަނޑު" މި ބަހެއް ބޭނުމެއް ނުކުރެވޭނެއެވެ. އެހެނީ، މާތްރަސްކަލާނގެ ޙަޟްރަތުގައި ދުއާ ކުރުމުގައި "އަޅުގަނޑު" މިބަސް ބޭނުން ކޮށްފިނަމަ އެ މުޚާޠަބު ކުރެވެނީ އިންސާނީ ދަރަޖައިން ކަމުގައިވާތީއެވެ.
ފަހެ، ނިކަން ފިކުރު ހިންގާލައިބަލާށެވެ. މާތްރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގައި "އަޅުގަނޑުގެ ފާފަތައް ފުއްސަވައިފާނދޭވެ." މިފަދައިން ދަންނަވައި އިންސާނީ ދަރަޖައިން މުޚާޠަބު ކުރެވިއްޖެނަމަ އެ ދަރަޖަ ހިތަށް އިޙްސާސްވަނީ ކިހިނަކުން ހެއްޔެވެ؟ އިންސާނީ ދަރަޖައިން މުޚާޠަބު ކުރެވޭ ކަމުގެ އިޙްސާސެއް ނުވޭހެއްޔެވެ؟
One Response
އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓަރީ މީހުން ހުކުރު ޚުޠުބާގައި މުޅިންވެސް ލިޔަނީ މި ދެ ލަފުޒު އޮޅުވާލައިގެން، މިސާލަކަށް
"މި އަޅާގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެ ތަކުންނަށް މާތް ﷲ އަށް ތަޤުވާވެރިވުމަށް ވަސިއްޔަތްކުރަމެވެ."
މިތަނުގައި މުޚާޠަބުކުރެވެނީ ޚުޠުބާއަޑުއަހަމުންދާ މީހުންނަށް
ޝަހީމޫ މިވަރުކަންތައް އިސްލާހު ނުކުރެވެންޏާ ކީއްކުރާ ޚުޠުބާކޮމެޓީ އެއް، ކޮމެޓީ އުވާލީމަ އަހަރެމެން ވޮލަންޓިއާ ކުރާނަން މިކަން ހިލޭ ކޮށްދޭން