ރާގު: މި ބިމުގައި އެންމެ ފަރިވާދީ….
ދެދޭހަށް ކައު ނަބިއްޔާއޭ، ޚަލީލީ ދަޢުވަތުން ފަރިވީ
ހެދޭ ގަސްތައް ވެފައި ތާޒާ، ހިޔާ ފިނި ބިންމަތީ ވެރިވީ
ޒަމާނޭ އޭގެ ކުރިބޯށީ، ޖަހާލަތު އެންމެ އުހުގައިވީ 2
ސަމާވީ ވަޙުދަތުގެ އަސަރޭ، ހިޖާޒުގެ ބިންމަތީން ހުސްވީ
އުޖާލާ އެންމެ ނޫރާނީ، ވިދާ ރަންތަރި ސަމާގައިވީ 2
ޢަޖާއިބުތައް ބިޝާރާތުން، ނަބިއްޔުން "ނަބައު" ގައި ދެއްވީ
ޒަބީޙުގެ ހިޖުރަ މައްކާޔާ، އިލާހީ ސިއްރު ގުޅިފައިވީ 2
ނަބީޔޭ މާތްވި ޢަދުނާނީ، ނުބުއްވަތުގައި އެ މަތިވެރިވީ
ނޯޓް: މިމަދަޙަ ޚާއްޞަކުރެވިފައިވާ ފަރާތް: ޒާހިލް އިބްރާހީމް ރަމީޒް
