...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އިރު އެންމެ ދެކުނު ޢަރުޟަށް

ކޮންމެ އަހަރަކުވެސް ދުނިޔެ ވަށައިގެން އިރު އަޅާ ބުރުގައި ދުނިޔޭގެ ނިސްބަތުން ދުނިޔޭގެ އުތުރަށާއި މެދަށާއި ދެކުނަށް އިރު ގޮސް ހުންނަ ހުންނަކަމަށް ބަލާ ނަޒަރުން، މިއަހަރު އިރު ދުނިޔޭގެ އެންމެ ދެކުނަށް ގޮސް ހުންނާނީ މިއަދު، ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު މެންދަމު 12:00 އިން، ރޭގަނޑު 07:00 އާ ދެމެދުގައެވެ. އެންމެ ދެކުނަށް އިރުގޮސް ހުންނަ މިންވަރަކީ، 23 ދަރަޖަ 26.3 ދަގީގެވެ. އެ ހިސާބުން މިއަހަރު ދެކުނަށް އިރު ދާނެ މިންވަރަށް ގޮސް ނިމުނީއެވެ.

އިރު ދެކުނުގައި ހުންނަ ވަގުތު އިރު ހުންނާނީ ދަނަރާހީގެ 29 ދަރަޖަ 38 ދަގީގުގައެވެ. އެއީ، އިރު ފަލަކުގައި ހިނގާ ނަޒަރުން އިރު ހިނގާ ފަލަކުގައި އަވިހި ނުހިމަނައި ބަލާއިރު ފުރަހަޅައިގެ 2 ދަގީގުގައެވެ.

އެހެންކަމުން މަކަރަރާއްސަށް (ޖަދީ ބުރުޖު/ ކެޕްރިކޯން ސައިން) އަށް އިރު ބަދަލުވާނީ މާލޭގަޑިން ހެނދުނު 08:00 ގައެވެ.

އެކަން އެހެން ހިނގާ ފަދައިން މި މަހުގެ 27 ވަނަ ދުވަހު ހަނދުގެ އަލިކަން ފުރިހަމަވާ ވަގުތު (ފުލްމޫން ވާ ވަގުތު) ކަމުގައިވާ ހެނދުނު 05:23 ގެ 2 ގަޑިއިރާއި 23 މިނެޓް ކުރިން ދުނިޔޭގެ އެންމެ އުތުރަށް ހަނދުވެސް ދަތުރު ކުރެއެވެ. އެންމެ އުތުރަށް ހަނދު ދަތުރު ކުރާ މިންވަރަކީ 28 ދަރަޖަ 08.7 ދަގީގެވެ.

އެހެންކަމުން މި ޑިސެމްބަރު މަހުގެ ފުލްމޫނުގެ ދުވަސްކޮޅަކީ އިރާއި ހަނދު، ދުނިޔޭގެ ދެ ފަރާތުން ދަތުރު ކުރާ ވަގުތު ކޮޅެއް ކަން ފާހަގަކޮށް ލެވެއެވެ.

މި މަހުގެ ފުލްމޫނުގައި ހަނދު ފެންނަ ސައިޒަކީ އެންމެ ކުޑަ (މައިކްރޯމޫން) ގެ ސައިޒެއްވެސް ނޫނެވެ. އަދި މާހަނދެއްގެ ދައިޒެއް ވެސް ނޫނެވެ. ހަނދު ފެންނާނީ ސައިޒުން ކުޑަ ހަނދެއްގެ ގޮތުގައެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.