Support Us

ރައީސް މުޢިއްޒުގެ ވަޢުދުފުޅުތަކުން ދިވެހިބަސް

ބަނަކަން ދިވެހި ޖައްވުން ފިލައި އަލިފާއްދަނީ
ހަނަފަސް ކަމާ މޫސުން ޚަރީފު ފިލައިދަނީ

އަދަބާ ބަހަށް ރޯޝަން ދުވަސްވަރު އަންނަނީ
މަދަދެއް އެއަށަ ދައުލަތު ވެރީން އަދު ދެއްވަނީ

ހީނަރުވެ ބަސް އުވިގެންނުދާ ގޮތް ހޯއްދަވަން
ފުންކަނޑުތަކާ ތިލަ ފަޅުތަކަށް ފީނުއްވަނީ

ޑޮކްޓަރު މުޢިއްޒުގެ ވެރިކަމުގެ އިސް ވަޢުދުފުޅު
ގައުމިއްޔަތުގެ އަރުކާނު ގަދަކޮށް ދެއްވަނީ

ވާގޮތް ނުވިސްނައި ހޭނުލެވި ތިބެވުނު ކަމުން
ޖީލަށް ޅަފަތު ހަމަތައް ބަހުގެ އޮޅެމުންދަނީ

ފުރަތަމަ ފަހަރު އެކަމަށަ ވުޒާރާ ހައްދަވައި
ހުރަހެއް ގިރާ ކުރުމަށް އަމުރު ކޮށްދެއްވަނީ

މިހިނދަށް އެއޮޑި ދުއްވޭ ވަރުގެ މޮޅު ކެޔޮޅަކާ
ހުންގާނު އުޅަނދުގެ އަދު ޙަވާލު ކުރައްވަނީ

އާދަމް ނަޞީރާއެކު އޮޑީން ކުރުމަށް ދަތުރު
އުހަލާއެކު އެކިރަށްރަށުން ބައިވެރިވަނީ

އުދަރެސް އިރުން ދޮންކުލަ ޖަހައިލީ ތަންވަޅަށް
އުދަމޫސުމެއް ކަމުގައި ވިޔަސްމެ ފުރުއްވަނީ

ރަހަދާނަ އޯގައިގައި އޮޑީ ކުނބު ކަފި ޖަހައި
އާނާންދަ އޯގައިގައި ރިޔާބައި ފޮޅުވަނީ

އުތުރާއި ދެކުނަށް ދުއްވުމަށް ވައި ފަހިވެލައި
ވައިވަޅު މުރިނގު އީރާނުގައި މަޑުޖެހިލަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *