Support Us

ދިރުވާންވީ ގައުމިއްޔަތަކީ ކޮބާ؟

ހުރިހައި ރުކުން ފުރިހަމަ ނުކޮށް ގައުމިއްޔަތެއް ދިރުވޭނެތޯ؟
ހުރިހައި ތަނބެއް ނުޖަހައި ކޮޅަށް ގައުމިއްޔަތެއް ދިރުވޭނެތޯ؟

އަދަބާ ބަހާ އެއްފަދަ އަކުން ހުރިހައި ބަހާ ގައުމިއްޔަތުގެ
އަދަށަށް ނުދިރުވައި ތިބެގެނެއް ގައުމިއްޔަތެއް ދިރުވޭނެތޯ؟

ދީނުގެ ޢަޤީދާ އެންމެ ފުރަތަމަ މައިތަނބުގެ ގޮތުގައި ޖަހައި
ދީނުގެ ރިވެތި ޚުލުޤާ ނުލައި ގައުމިއްޔަތެއް ދިރުވޭނެތޯ؟

ފަރުދުން ފުދުންތެރިނޫން ތަނަކު ގައުމިއްޔަތެއް ނޯންނާނެތީ
ހަރުނުވެ ބިމަށް ފަރުދުންގެ ފައި ގައުމިއްޔަތެއް ދިރުވޭނެތޯ؟

އެންމެން ކުލީ ބަޔަކަށް ވެފައި ފުލެޓަކު ތެރޭގައި ތިބެގެނެއް
ގެންނަން އެދޭ ކުރިއެރުމަކުން ގައުމިއްޔަތެއް ދިރުވޭނެތޯ؟

މަދަނީން ކުރާނެ ކަމެއް ނުފެނި މާޔޫސްވަމުންދާ ތަނަކުގައި
ގަދަކޮށް ބިދޭސީން ތިބެގެނެއް ގައުމިއްޔަތެއް ދިރުވޭނެތޯ؟

ހުއްޓަސް ގެދޮރު ނެހެދޭ ކަމުން ދިގު މުއްދަތަށް ދީ މީހަކަށް
މުއްދަތު ތެރޭ ގޮތްނެތް ތަނަކު ގައުމިއްޔަތެއް ދިރުވޭނެތޯ؟

ހުރިހައި މުސާރަވެރީން ޖެހޭ މަޅިފައްޗަކަށް ލުއިލޯނު ވެވި
ފުރިހަމަ މުސާރަ އަތަށް ނުލިބި ގައުމިއްޔަތެއް ދިރުވޭނެތޯ؟

މާދަން މިގައުމު ޙަވާލުވާ ޖީލަށް "ދުރުމި" ނާޅައި ސަފުން
އާދަމުގެފާނު ދަރީން ކަމަކު ގައުމިއްޔަތެއް ދިރުވޭނެތޯ؟

ގައުމުން ފެލޭންހުރި އެންމެހައި ދިޔައެއް ބިދޭސީން އިރުފެލާ
ގައުމެއް ނިދާފައި އޮވެގެނެއް ގައުމިއްޔަތެއް ދިރުވޭނެތޯ؟

މަސްވެރި މިޖީލުގެ އެންމެނަށް ދިނުމުން ސިޔާސީ ޖޮބުތަކެއް
މަސްދޯނިތައް ނުފުރޭ ތަނަކު ގައުމިއްޔަތެއް ދިރުވޭނެތޯ؟

ހަލަކުން އެމެއް ހިފުމަށް އެނގޭ އައިނަށް އަރައި ދޮއްޓެއް އެޅޭ
އަލަތުގެ ޅަޖީލެއް ނެތް ތަނަކު ގައުމިއްޔަތެއް ދިރުވޭނެތޯ؟

ރާއްޖޭގެ އެތެރޭ ދަތުރުތައް ގިރިފަޅު ބިދޭސީން ދަންނައިރު
ރާއްޖޭ ކުދީންނަށް ނުވެ އެވަރު ގައުމިއްޔަތެއް ދިރުވޭނެތޯ؟

ރައިވެރިކަމާ ދަނޑުވެރިކަމާ ރުއްރުކު އެޅުން އަދި މަސްކެނޑުން
މައިރަށްވެހީންނަށް ނޭނގިއެއް ގައުމިއްޔަތެއް ދިރުވޭނެތޯ؟

ދިވެހީންގެ "ބޮޑުބެރު" "ބަބުރުލަވަ" ފުރޮޅޭ ކަމުން އަދު ބުންބެރަށް
ދިވެހީންގެ މެދުގައި މިއަދު ދެން ގައުމިއްޔަތެއް ދިރުވޭނެތޯ؟

ބަންޖާ، ޅެމާ، ކާ، ބަނދި، ފަރިހި، އަންބާ، ތަކާ ލަވަ، ރައިވަރާ
އަންނާން އެއޮތް ޖީލަށް ނުއެނގި ގައުމިއްޔަތެއް ދިރުވޭނެތޯ؟

މެހުމާނުދާރީ، އިޙްތިރާމް، ބަސްބުނެ އުޅުނު އަދަބާ، ސަދަބު
ފެހުނާ ގަހާ، ނަކަތާ، ނުދަނެ ގައުމިއްޔަތެއް ދިރުވޭނެތޯ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *