
އާދައެކޯ އާދައެކޯ
ބަޑިހެލުވުން އާދައެކޯ
މުލަނަކަތުން ތިނެއްގަޔޯ
އިރުވަރު ހެޔޮ ބަލާފަޔޯ
ދުވަހުގެ ހެދުނު ވަގުތުގަޔޭ
ދެ ދޮރޯށީ ދެމެދުގަޔޭ
ރަސްގެވަަޑައި އިންނަވަތޭ
ބޮޑުން އަރިހު ތިއްބަވަތޭ
އެކަން ނިކަން ރަސްމީޔޭ
އިބްރާހީމީ މައިދާން
ޚާއްޞަކުރޭ އެކަން ކުރާން
ގޮނޑިކޮޅުގައި ރަސްގެ ވިމާތް
އިންނަވަތޭ ގައި ދީވާން
ބަނޑޭރިމާ ބޭކަލަކައި
ޞަލަވާތްފާ ތިޙާ ކިޔައި
ރާއްޖެ ސަލާމަތަށް އަދައި
ދުޢާ ފުޅެއް ކުރައްވަވައި
ބަޑިޔަށް ދުން ކަވާހުށީ
ދޮރޯށި ކޮޅު ހުޅަނގުފަޅީ
ބަޑިކޮޅު އޮތް ހަރުގެ މަތީ
ލަސްކަރު ބަޑި ހަލުވާނީ
ޖަހާނެ ބަޑި ހެލުވީމާ
ބޮޑުކޯއްޓޭ ބުރުޒުންނާ
ނައިނޭކީ ބުރުޒުންނާ
އިތުރަށް އާ ބުރުޒުންނާ
ޖަހާބަޑީ އަޑު އިވުމުން
ގުޑިއަރުވަން ފަށާކަކުން
ބަޑިހެލުވުން ނިމޭކަމުން
ރަސްގެ އެނބުރި ވަޑައިގަތުން
ރީގައްޔޭ ބެރުދުންމާ
ރަސްގެ ވިމާތް ގަތުންވަޑާ
ނިމެޔެ ތު ދެން ރަސްމިއްޔާ
އިރުވައި ކޮލި ފައިލައްވާ
