ޙާލަތާމެދު އުއްމަތުގެ ވިސްނާހުށީ ކޮންލީޑަރެއް
ޢާލަމަށް ކައު އުއްމަތުން ތެދުވާހުށީ ކޮން މާހިރެއް
ބުއްދިއާ ފިކުރާ ބަދަލުކޮށް ކުރިމަގާ މަގު އަލިކުރަން
އުއްމަތަށް ދިއްލައިދެނީ މަގު ހާމަކުރުމަށް ދަންމަރެއް
ބަނަވަމުން އުދަރެސް ވިލާއިން އަންނައިރު ފުސްބޯވަމުން
ސަނަތުގައި މިހިނގާ ދިފާޢަށް އެކުލަވައިލަން ލަސްކަރެއް
ދުޝްމިނުން ވަނަނުދިނުމަށް އުއްމަތު ވަށައިގެން ފާރަކުން
އުސްވެގެންވާ ފާރަކުން ލައިދޭހުށީ އަދު ބޯޑަރެއް
އެއްނިޔަތުގައި އެއްގޮތެއްގައި އެއްސަފެއްގައި ތެދުވުމަށް
އެންމެނަށް އުއްމަތުގެ ދެއްވާނީ އަމުރުވެރި އޯޑަރެއް
އުއްމަތަށް ނަޞްރާ ނަޞީބާ ކާމިޔާބު ލިބޭ ނެހައި
ބުންވަރާ ފަންވަރު ބަހާ ޢަމަލުން މިއަދު ދޭން ހިތްވަރެއް
