ދޫކޮށް ނުލާށެ ހެޔޮ މަގާ ދުރަށް މިގައުމު ދާން
ދޫކޮށްލި ނަމަ އަޅައި ނުލެވި ދެޔޭ ފަސާދަ ވާން
ކޮންމެ ފަރުދަކަށް އެކަން އަދާކުރަން ޖެހޭ ކަމުން
ކޮންމެ ޒިއްމަތެއް ވަނީ އަމާނަތުން އަދާ ކުރާން
އިސްވެ ތިއްބަވާ ވެރީން އެކަން ނުވިސްނަވައިފި ނަމަ
ވިސްނުމާ އުޅުން ދެޔޭ ކަތުންގެ ނެތި ޚަރާބުވާން
އިސްވެ ދިޔަ ޒަމާން ތަކުން ފެނޭ ފަސާދަ ގައުމުތައް
ޖިސްމުތައް ފަނާވިގޮތް އަބަދުޖެހޭ ހަނދާންކުރާން
ލޫޠު ގައުމު މަދުޔަނާ ޢާދު ބާގަޔާ ޘަމޫދު
ބޫތުކެއި ނުބައި އަމަލު ތަކަށް ޖެހޭ ފިކުރު ކުރާން
ބާރުގަދަ ކިތައް ވެރީން އިސްވެ އެދިޔަ ޙަޟާރަތުން
އާރުލީ ގޮތާ ނުލީ ގޮތަށް ޖެހޭ ބަލައި ހަދާން
