Support Us

ފަަލަސްޠީނުގެ ޙާލަތު

ރާގު: މުޖެ ދަރްދެ ދިލްކަ ޕަތާ ނަތާ…

ގިސްލާ އެރޯ ރުއިމުގެ އަޑެއް އިވެމުން ނުދޭ އަދު ދުނިޔެއަށް
ޖިސްމާ ފުރާނަ އެތައް ފަލަސްޠީނުން ލިޔަސް ހުސްކޮށް އެކަށް

މައުޞޫމުވީ ކުޑަކުޑަ ކުދިން ކުށަކާ ނުލައި މަރަމުން ދިޔަސް- 2
ފައުޖުން ޔަހޫދީ ބޮން އަަޅާ މަންޒަރު ސަފުން ނުފެނޭ ލޮލަށް

ފުނޑުފުނޑު ވެފައިވި ގެދޮރު ދަށުން މީހުންނެތޭ ނެރެވޭނެގޮތް- 2
ފުނޑުފުނޑު މުޅިން ކުރުމުން ފަލަސްޠީނުގެ ޢިމާރާތްތައް އެކަށް

ޣައްޒާ ވުޖޫދުން ފޮހެލަމުން ގެންދާ ދިއުން ހުއްޓޭނެ ގޮތް- 2
ސައްލާ ތަކުން ހޯދޭން މަގެއް ފެނިއެއް ނެތޭ ޢަރަބީން ނަކަށް

ކާނޭ ގޮތެއް ބޯނޭ ގޮތެއް ނެތުމުން ވަރަށް ބިކަ ޙާލުގައި- 2
ދާނޭ ތަނެއް ވަންނާން ތަނެއް ނިވަލެއް ނެތޭ އެވެރިން ނަކަށް

ފަރުވާ ލިބޭނެ މަގެއް ނުވޭ ނައްތައި ލުމުން ހޮސްޕިޓަލުތައް- 2
މަރުވާ ޝަހީދުން ކަފުނަކުން ފޮރުވައި ލެވޭން ނެތި ވަޅުލުމަށް

ހުޅަނގުން ކުރޭ ގިނަ މަދަދުތައް ހަތިޔާރުދީ އަދި ވާގިދީ- 2
އުޅަނދާ ބޮމާ ބިޔަ ޓޭންކަރާ ވަރުވަރު މިސައިލު ދެޔޭ ވަރަށް

އަނިޔާ ތަކުން ހިހުލެއް ލިބެން ނެތުމުން ވަޠަން ކުރުމަށް ނަޖާ- 2
އަނިޔާތަކަށް ކެތްނުވި ހިނދުން ނުކުތީ ޙަމާސް ހަނގުރާމަޔަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *