އިންސާނުނަށް އަނިޔާ ކުރުން އުފަލެއްކަމަށް އަދު ވެއްޖެޔޭ
އިންޞާފަކީ ގޮއްމުށް ކަމަށް ބާރުގެ ވެރީން ހީކޮށްފިޔޭ
ތަމްކީނުކޮށް ވެރިކަން ބިމުން ދެއްވީ ޢަދުލު ޤައިމުކުރަން
ތަމްސީލުވެވި އަނިޔާ ކުރުން ނޫން އެއްކަމެއްވެސް ނުފެނެޔޭ ދަރުބާރުގައި
އިންޞާފުވެރި ހިފެޔޭ قِصَاصْ، مَظْلُوْمُ ނަށް
ބަރުބާދުކޮށް ލިޔަތީ ޙަޔާތް ظَالِمُ ކިބައިން ހިފެވޭނެޔޭ
އިންކާރުކޮށް އުޅުނަސް ބަޔަކު މަޙްޝަރު ދުވަސް އަންނާނެޔޭ
އިންފާރުތައް ލައިގެން އުޅުނު އެދުވަހު އެތާ ނުދެކޭނެޔޭ
އެއްހާސް ހަތަރު ސައްތައިގެ ދިގު މުއްދަތު ވިޔަސް ފާއިތުވެފައި
އެއްވެސް ބަޔަކު ދީނުގެ ފޮތުން ޝަރިޔަތް ކުރާކަށް ނޫޅެޔޭ
ވިސްނާނުލައި އިސްކުޅަ ނުބައި ޢަމަލާ ދެއަތް ފޭވެވުނު ނަމަ
އިސްރާފު ފާފައިގެ ބޮޑު ކުށްތައް ސަފުން ނުވެވޭނެޔޭ
ނިމުމެއް ނުވާ ހަމަ އެއްކަމެއް އިންސާނަކަށް ނުލިބޭކަމުން
އިމުގައި ނަބިއްޔާ ދައްކަވައި ދެއްވެވި މަގުން ދާން ވާނެޔޭ
