ށަވިޔަނީން ފެއްޓޭ ބަހެއް ނެތެކޭ މަށެއް ނުބުނާނަމޭ
ށަވިޔަނިން އެއަކުރުގެ ނަން އޮތްކަން ބަޔާން ކޮށްދޭނަމޭ
ށަވިޔަނިން ނިސްބަތް ކުރާ އަތޮޅެއް ނެތޭ ބުނެވޭނެހޭ؟
ށަވިޔަނިން އެއަތޮޅުގެ ނަން ނެތެކޭ ބުނަން ހެޔޮވާނެޔޭ؟
ށަވިޔަނީގެ ސުކުން ޖެހޭ ހަމަތައް ގަވާއިދުގައި ވެޔޭ
ޗަވީޔަނީގެ ސުކުން ދިވެހި ބަހުގައި ޖަހައިއެއް ނޫޅެޔޭ
ށަވިޔަނީގެ މަގާމު އޮޅިގެން ދީއުޅޭ އަލިފަށް ނިކަން
ޕަވިޔަނީގެ މަގާމު އޮޅުވާފައި އެނގޭ ނޯންނާނެކަން
ށަވިޔަނިން އެކަހެރި ކުރުން ނެތިފައި އަދަދު ވެސް ނޯވެޔޭ
ށަވިޔަނީގެ ހުކުންތަކުން ރަނގަޅަށް އެނގޭން އޮންނާނެޔޭ
ށަވިޔަނިން ބައިތެއް ފަށާނަމަ ށަވިޔަނިން ބައިތެއް ލިޔޭ
ށަވިޔަނިން ފެއްޓޭ ގޮތަށް ލިޔެގެން ބައިތު ކީދާނެޔޭ
