Support Us

ޣިޔާޘުއްދީނު ރަދުން ޝަހީދުކުޅަ ބަޣާވާތުގެ ހަނދާން

ހަނދާނުގެ މަންޒަރުން މިނުބައި ޖަރީމާ ފޮރުވިދާނޭތޯ
ތަދާ ވޭންތައް ހިތުގެ ޒަޚަމާ ދަވާއިން ފޮހެ ލެވޭނޭތޯ

ޣިޔާޘުއްދީނު ކަނޑުފައްތައި ޝަހީދުކުރުން ޖަރީމާއެއް
ނިޔާއިން އަދަބު ދޭންވާ ބޮޑު ކުށެއް ކަމުގައި ނުވާނޭތޯ

ޣިޔާޘުއްދީނު ޙައްޖަށްފަހު ވަޑައިގެންނެވި ހިނދުން ގައުމަށް
ރިޔާސަތު ފޭރިގަތުމަށް ކުޅަ ބަޣާވާތް ސިއްރުވާނޭތޯ

މުޙައްމަދު ފާށަނާކިލެގޭ ކިޔޭ ނުލަފާވި ބޮޑުޚާއިނު
ނުޙައްޤުން ރަސްކަމަށް އެރުމަށް، ރަދުން ބަރުބަނދެ ނުފައްތާތޯ

ރަދުންގެ ގެކޮޅު ތަޅާލާފައި ބިނާ "ކަޅުވަކަރު މިސްކިތް" ކޮށް
އަނދުން އަޅުވާން އެއީ ނަދުރެެއް ކަމަށް ބުނެގެން ފުދޭނޭތޯ

މުދާ ވާރުތަވެރީންނަށް ވެސް ނުދީ އަނިޔާގެ އަތް އިސްކޮށް
މުދާކޮޅު މިސްކިތެއް އެޅުމަށް ކަމަށް ބުނެފައި ނުފޭރޭތޯ

ޙަލާލު ނުވާ ނުޞައްޙަ މަގުން، އަރައިގަނެ ފޭރިގަތް މުދަލުން
ކަލާނގެ ވަޖުހު ފުޅަށްޓަކަޔޭ ކިޔައި މިސްކިތް އެޅޭނޭތޯ

ޢަޖާއިބަކީ އެކަން އެނގިހުރެ އެކަން ފޮރުވައި އުޅޭތީޔޭ
ނަޖާވެވި ނަރަކައިން ކުށްވެރި އަޅުން ދިނި މިންޖު ވާނޭތޯ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *