ޣައްސާނު މައުމޫނަށް ދެއްވާށަ މަތިވެރިކަން
ވަސްމީރުކަން ޚުލުޤީ ގައުމަށް ފެނިއްޖެ ނިކަން
ގައުމެއްގެ މޮޅު އެންމެން އެއްތާކުގައި ތިއްބަސް
ޙައުލުގެއެމާ ތިބި ހަމަ އެކަކުގެ ނުވާ ކަންކަން
ބައްޕާފުޅުގެ ކިބައިން މަތިވެރި ރިވެތި ސިފަތައް
ފައްކާވެފައި ރަނގަޅަށް ހަރުލައި ނަފުސު ހުރިކަން
އެތަކެއް ޙަދީސްފުޅުތައް ޚުލްޤާ މެދަށްހުއްޓަސް
ގެތަކުގެ ފުރާޅު ދަށުން ނުލިބޭ ކަމުން ތިޔަކަން
ވިސްނޭ ލަފާ އެންމެން ތާރީފު ދޭ ކުރަމުން
ރިއްސާ ރަނުން ލިޔަމުން ފަވަމުން ތިކަން ހިނގިކަން
މިބިމުން ފިލައިގޮސްފައި ވާކަން ތިފަދަ ސިފަތައް
ތިބިތަނުގެ މަންޒަރުތައް ދައްކަތެ އެހެން ހުރިކަން
