
އޭ މަގޭ ދިދަޔާ ތިބާއަށް، ޚާދިމަކު އަތުވެއްޖެއޭ
މޭގަ އޭނާ މާކަ ފަޚުރުން، ވިހުރުވާނި ތިބާ މެއޭ
ދިވެހި ޖުމްހޫރީއްޔަތުގެ، 8 ވަނަ ރައީސުގެ ދޫފުޅުން
ރިވެތިކޮށް އަމުނާ ގަތާ، ލެއްވީ ތިބާގެ ނިދާ މެއޭ
ކާބަފައިންގެ ނިދާ ދިދައިގާ، ވާކަމަށް ބުނެ އަންގަމުން
ދޭހަކޮށް އެދިނީ ތިބާއަށް، އޮއްސުމެއް ނާންނާނެއޭ
މޭ ފުރާފައި އެބުނަނީ، ތިޔައޭ ދެލޯ ފަދަ ނޫރަކީ
ހޭ ހުރިއްޔާ ޚިދުމަތަށް، ނޫނީ އިރެއް ނާރާނެއޭ
ދެން ތިބާއަށް އޮއްސުމެއް، ނާންނާނެއޭ ނާންނާނެއޭ!
ދެންމެގައި އެ ވިދާޅުވީ، 8 ވަނަ ރައީސޭ އޭނައޭ
ޠާއަތާއެކު އެނބުރިލައި، ދިދަޔަށްޓަކާ އިސްއުފުލަމުން
ތާއަބަދު ވިހުރޭށި އޭ، އެ ވިދާޅުވީ ވެސް ދެންމެއޭ
ލޭގެ ސާލުތަކުން ޝަހީދުން، ދެއްވިނަސްރަށް ހިތްފުރާ
މޭގަ ހުރިވަރު ހިތްވަރާ ބުންވަރު، އެ ދައްކާ ލެއްވިއޭ
ނުހަނު ލޯބިވެއޭ! ވިދާޅުވެ، ގައްތަވާލި ޢިބާރަރުން
ރިހިލަމުން ވިހުރާލި ހެން، ދިދަ ހިތުތެރޭ ހީވެއްޖެއޭ!
ވެލިފުކެއްވެސް ދިވެހިބިމަކުން، ހަމަހިލާ ނުމެދޭނަމޭ
ޖެހިލި ރޯޅިން ބުނެލިހެން، އިޙުސާސު އައު ކުރުވައިފިއޭ!
