ހިތާ ނަފްސާއި ތޯހިރުކޮށް ރަނގަޅު ގޮތުގައި އުޅެންވާނޭ
މިތާނގައި ދާއިމަށް ދިރިއެއް އުޅެން ފުރުޞަތު ނުއޮންނާނޭ
ތިމާފަދަ އަނެކަކާ މެދުގައި ޙަސަދަލައި ހިތް ނުބައި ކުރުމީ
ދިމާ އިދިކީލި ސިފައެއްކަން ރިވެތި ޚުލުޤާ އެނގެންވާނޭ
ފުރާނަ އެއެއްޗަކަށް ދެއްވެވި ތަކެއްޗަށްވެސް ރަޙުމުކޮށްގެން
ތުރާލެއް ކުޑަވިޔަސް ނުމެދީ އުޅެން ރަނގަޅަށް އެނގެންވާނޭ
ކަލާނގެ ބިމަށް ނުލައްވާކަން އެކައްޗެއްވެސް އަގެއްނެތިއެއް
ކަލާޔަށް ދެއްވި ބުއްދީން އެނގި އެކަން ދެނެ ތެދު ކުރަންވާނޭ
ފަނާވެ ނުދާ އެކަކުވެސް ލެއްވި އެއްޗެއް ވެސް ނުވާއިރުގައި
މަނާވެ އަމިއްލަޔަށް ހެޔޮމަގު ކުރާކަށް ދޫނުވެސް ވާނޭ
ނުބައި ޢަމަލަށް ޢަޒާބު ނުހަނު ލިބޭކަން ނަރަކައިން ދަނެގެން
ނުބައި ހަމަ ކޮންމެ ކަމަކާ ފޭ ވެގެން އުޅުމުން ނަޖާ ވާނޭ
ހިތަށް އެރިހައި ގޮތެއްގައި ދުނިޔެ އުޅެފައި މަރުވެގެން ދިޔައީ
ކިތައް މީހުންހެ އީމާން ނުވެ ނަރަކަޔަށް އޭނަ ލައްވާނޭ
