ނާނާ ނައޭ ނާނާ ނާނާ ނައޭ ނާނާ
ނާނާ ނައޭ ނާނާ ނާނާ ނައޭ ނާނާ
ބޮޑު ބައުކަލޯ ގޭދޮށު އެބަހަރަ ދުވޭ ގޮވަމުން
ބޮޑުކޮށް ލޮލާ އަނގަޔާ ހުޅުވައިގެނޭ ނާނާ
ނުނިދާ ކުދިން ހޯދަން ލޯރަތްބެ އެބަ އުޅެޔޭ
ބުނިއަޑު އިވޭ މިގެއިން ރޯއަޑު އިވޭ ނާނާ
އަދި ސަންތިމަރިޔަނބު ވެސް ދަތްގޯނި ކިހިލިޖަހައި
ބަދިގޭގެ ބިއްދޮށުގައި އެބަހުރި ފިލައި ނާނާ
އަރައޭ މިރޭ މިރަށަށް ބުނެޔޭ ސަފަރުކަތްދާ
ޙަރަކާތް ނުކޮށް އޮވެގެން ނިދުމަށް ކިޔަން ނާނާ
އިވެޔޭ މިރޭ ފޫޅުދިގު ހަންޑީގެ ބިރުވެރި އަޑު
އިވެމުން ނުދޭ ރޯއަޑު ކުއްޖަކު މިރޭ ނާނާ
