Support Us

ފަލަސްޠީނު ނެތިކޮށްލާއިރު!

ކިޔެއްވެތަ؟ އުއްމަތުގެ ހުރިހައި ވެރިން ހަނގުރާމަޔަށް ފިލަނީ
ހިޔެއް ކުރިޔަކު ނުކުރި ނަމަވެސް އެހެންތާ؟ ކަން ވެގެންމިދަނީ

ފަލަސްޠީނަށް ޔަހޫދީން ދޭ ޙަމަލަ ތަކުގައި ފަނާވެ ދިޔަސް
ބަލަން އަސަރެއް ނުކޮށް ތިބުމޭ ޢަޖާއިބަކަށް ވެފައި މިވަނީ

ލިބޭނެ ގޮތެއް ފެނެއް ކާއެތިކޮޅެއް ބޭހެއް ސަފުން ނެތިފައި
ތިބޭއިރު ކުޑަވިޔަސް މަދަދެއް ނުކޮށް ދުރުގައި ބަލަން ތިބެނީ

ކަރަންޓެއް ނެތި ނުހަނު އަނދިރީތެރޭ ތިބެ ގިސްލަމުން ރޯއިރު
މަރަން ބޮން އޮއްސަމުން ދާކަން އެނގޭ އިރުގައި އަޅައި ނުލަނީ

ކުކުޅު ބަނޑުދަށު ތިބޭ ޅަފިޔޮއް ޖަހައިޖަނެ ބާޒު ގެންދާހެން
ހުކުމުގައިވެސް ތަފާތެއް ނެތި ކުޑަކުދީން މެރިޔަސް ނުބެހި ތިބެނީ

އަހަރުމެން މުސްލިމުން ކުރެ އެއްމެ ގައުމެއްވެސް ފަލަސްޠީނަށް
ހަހަރުވެތި އަސަރަކުން ރަޙުމެއް ސަފުން ހިތުގައި އުފަން ނުވަނީ

ކިތައް ކާފިރު ގައުމު ތައްތޯ؟ ގުޅުން އެ ކެނޑީ ތި އިޒުރޭލާ
މިތަންވަޅު މުސްލިމުންގެ ވެރީން ގުޅުން ކެނޑުމަށް އެ ފަސްޖެހެނީ

ޔަމަނު، ލުބުނާނު، ފަދަ ތަންތާ އުޅޭ މުސްލިމު ޖަމާޢަތްތައް
ޙަމަލަ ދޭން ފޮނުވަމުން ގެންދާ މިސައިލަށް ވެސް ހުރަސް އަޅަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *