ޙަޤީޤަތް އެނގި ބަޔާން މިވަނީ ހިނގާކަންކަން އެނގޭ ހިނދުތާ
ޙަޤީޤަތް ވަންހަނާ ވާނޭ ގޮތަށް ކަން އޮޅުވަމުން ދޭތާ
ޖިހާދުކުރާ މުޖާހިދުނަށް ކިޔަސް "ޓެރަރިސްޓް" މުޅި ހުޅަނގުން
މިހާރު އެއީ، މުޅިން ދޮގުކަން ފިލައި އެބަ ސާފު ކުރެވޭތާ
އަލިފުދާލޭ ކިޔާ ދޮގުވެރި ތަނެއްގައި އެފަދަ ނަން ހެދިޔަސް
އަލިފުދާލުގެ އެފަދަ ދޮގުތައް ފަޅާ އަރަމުން މިއަދު ދޭތާ
ހުޅަނގު މީހުން ޖަހާ ސެންޓާ ގަޔަށްލާ ކޯޓު އަގު ހުއްޓަސް
ހުޅަނގު މީހުންނަކަށް ޚުލްޤުން އަގެއް ލިބިފައި ނުވެސް ވޭތާ
ސިކާރަ ކުރާ ވަގާ ސިންގާ ހިފާ ފުއްލާގެ ދަރިޔަށް ވެސް
ބިރާ ސިހުމާ ލިބޭ ގޮތަކަށް ކަމެއްކޮށް ނުމެ ހަދާމޭތާ
ނަމުން މުޅި ދުނިޔެ ޞުލްޙަ ކުރަން އުޅޭ ޔޫރަޕްގެ ޔޫނިއަނުން
ކަމުން ހެޔޮ އެއްކަމެއް ކޮށްފައި ނުވާކަން އެނގި ބަޔާން ވޭތާ
ކިޔަސް ޙައްޤޭ މި އިންސާނީ އެފަދަ ޙައްޤެއް ނުދަނެ ތިބެގެން
ރިޔަން އަޅަމުން އެހެން މީހުން ތިބެންވާ އިން ކިޔައި ދޭތާ
ވުޖޫދުން މުސްލިމުން ފޮހެލަން ނިޔަތްގަނެ ފޫގަޅައި ހެދިޔަސް
ނުޖޫމު އުޑުން ވިދާ ހައިހިނދު، ތިބޭނީ ތިޔަގޮތަށް ތިބިތާ
