
ކޮންބޭސް ތަކެއް ކެވިގެންހެ؟ ލޭ ފިނިވީ ނުކެކި ބޮކިބޮކި ޖަހާ
އޮންނަންވި ޣީރަތު ހިތްތަކުން ކެނޑުނީ މުޅިން ވިންދާ ޖަހާ
ރުސުލުން ކުރެއްސެވި ކުރެހުމުން ބޭރުން ޢިމާރާތް ކުރުމުގައި
ރުސުލުން އެޅުއްވެވި ބިންގަލަށް ފަސްލީހެ؟ ވަޅުލައި ފަސް ޖަހާ
ވިސްނައި ފިކުރު އެކަމަށް ނުކޮށް ތިބުމުގެ ނަތީޖާ ހިތިވިޔަސް
އިޞްލާޙު ކުރުމަށް ނޫޅެޔޭ މުންކިރުވިނަމަވެސް އިސް ޖަހާ
އަނެކުން މަރާތަން ބަލަބަލާ ތިބެވޭ ހިތަށް އަސަރެއް ނުކޮށް
އަނެކުން އަޅައި ނުލަޔޭ ކިޔަން ތިބެވޭ ބަލަން ބޯ ޖަހަ ޖަހާ
އެންމެން ހުޅަނގު އެއްހަށިގަނޑެއް ފަދައޭ ކުރަން ހަނގުރާމަތައް
އެންމެން ގުޅެން ގޮވިޔަސް އެހެން ތަރުޙީބު ނުދެވޭ އަތް ޖަހާ
ދެކޮޅަށް ޔަހޫދީ ދައުލަތާ މުސްލިމް ވެރިން އިހުގައި ނުކުތް
ގެކޮޅާ ރަށާ ފުނޑުފުނޑު ކުރީ ހުޅަނގުން އައިސް ބަޑިތައް ޖަހާ
ވަދެފައިމިތިބަ ހޮހަޅުން ނުކުމެ ރާސްތާ ޔަކަށް ތަނަވަސް ވިދާން
މަދެލޯކޮޅާ ހިތްވަރު ކުރޭ ހޯދާ ފެނޭތޯ ލޯ ޖަހާާ
