
މިނިކާވަގުގެ ވިންޑޯސް އަޅާފައި ދޮތަ؟ ތިބީ ގިނަ މީސްތަކުން
މިނިމަސް ނުކާނަމަވެސް ޢަދާވާތްތެރި ބައެއް ނަށް މީސްތަކުން
ތަހުޒީބުގައި އެއްވަނަ ދަރަޖަ ލިބިގެން ކުރޭ ދަޢުވާ ހުޅަނގު
ރަހުމެއް ނުވާ ނުލަފާ ނުބައި ސިފަތައް ފެނޭ ޢަމަލާ ބަހުން
ނަސްލެއް މުޅިން ފޮހެލަން ޙަމަލަ ދޭއިރު އަޅައިގެން ބޮންތަކުން
ބަސްހުއްޓިފައި މުޅި ދުނިޔެވެސް އޮތްތަން ފެނޭ ނުލަފާ ކަމުން
ހަނގުރާމައެއް ކުރެވޭނެ ގޮތް ޣައްޒާގެ އަހުލުންނަށް ނެތަސް
ހަނގުރާމަ ޣައްޒާޔާ ކުރަން މުޅި ހުޅަނގު ދޭ ބޮންތައް ދެމުން
ސައިލޭ ލެއިން ދެމެމުން ދަނީ ޣައްޒާގެ މުޅި މަގުތައްމަތީ
ހައިކޮށްނުލައި ވިހަ ކެމިކަލުގެ ބޮންތައް ދަނީ އޮއްސައިލަމުން
އެއްވެސް ގޮތެއް އަގަލެއް ނުވާ ބަޔަކަށް ހުޅަނގު މީހުން ވުމުން
ގެއްލުން ދިނުމުގައި މިންވަރެއް ޙައްދެ ނެތީ ލަދުކުޑަ ކަމުން
ޙައްދެއް ނުވާ އަނިޔާ ތަކުން ކުށްނެތް ބަޔަކުން ލާއިރު މަރައި
ޙައްލެއް ކުރާނެ ބައެއް ނެތޭ ދުނިޔޭގެ މުޅި ބިމުގައި ސަފުން
