...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ހަނދުކޭތައެއް މިރޭ

މިރޭ، 29 އޮކްޓޯބަރުގައި މާލޭގަޑިން 12:35 ގައި މާލެއާއި ރާއްޖޭގެ ރަށްރަށަށް ކުޑަ މިންވަރަކަށް ފެންނަ ހަނދުކޭތައެއް ހިފައެވެ.

އިރު ވިރުސިކަ ރާހީގެ ވިހާނަކަތުގެ 5 ދަރަޖަ 7 ދަގީގުގައި ހުރެފައި ހަނދު މޭސަ ރާހީގެ 4 ދަރަޖަ 40 ދަގީގުއަށް ވަންނަ ވަގުތު ދުނިޔޭގެ ދެ ފަރާތަށް ހަނދާއި އިރު ދިމާވެ ދުނިޔެ އެ ދެމެދުގައި ހުންނަ ވަގުތު އިރުގެ އަލީގެ ސަބަބުން ދުނިޔެއިން ދެމިގެންދާ ހިޔަނީގެ ތެރެއިން ކަޅުހިޔަނި (ނުވަތަ ރޭގަނޑު) ތެރެއަށް ހަނދަށް ވަދެވޭ ބަޔަށް ކަޅުހިޔަނިން ހިޔަނި އެޅި އެބައިން އަލިކަން ފޮހެވި އެބަޔަށް އަރާ ކަޅުކުލަ (ކޭތަ) ހަމަލޮލަށް ފެންނާނެއެވެ.

މި ކޭތައިގެ ފަނޑު ހިޔަނީގެ ތެރެއަށް ހަނދު ވަދެ ފަނޑުހިޔަނި ކޭތަ ހިފާން ފަށާނީ މިރޭ މާލޭގަޑިން 11:01 ގައެވެ. ފަނޑުހިޔަނި ކޭތަ ވީއްލާނީ މާލޭގަޑިން މިރޭ ދަންވަރު 03:26 ގައެވެ.

އެހެނަސް، ފަނޑުހިޔަނި ކޭތައަކީ ހަމަލޮލަށް ފާޅުވެ ފެންނަ ކޭތައަކަށް ނުވާތީ، މިކޭތައިގެ ކަޅުހިޔަނި (ކޭތަ) ފެންނާނީ މިރޭ 12:35 އިން ފެށިގެން ދަންވަރު 01:50 އާ ދެމެދުގައެވެ.

މި ކޭތަ ފުރިހަމަވާ ވަގުތަކީ (އެންމެ ބޮޑަށް ހިފާފައި ހުއްޓައި ފެންނާނެ ވަގުތަކީ) މިރޭ 01:14 އެވެ.

ކަޅުހިޔަނި ކޭތައާއެކު މި ކޭތައިގެ ވަގުތު ހަތަރު ގަޑިއިރަށް ދެމިގެންދެއެވެ.

މި ކޭތައިގެ ކަޅުހިޔަނި ކޭތަ ދިވެހިރާއްޖޭގެ އިތުރުން އިންޑޮނޭޝިޔާގެ ބޮޑު ބަޔަކަށާއި މެލޭޝިޔާއާއި ޗައިނާގެ ވެސް ބޮޑު ބައެއް ހިމެނޭ ގޮތަށް އޭޝިޔާގެ ބޮޑު ސަރަޙައްދަކަށާއި އެފްރިކާ ބައްރުގެ ވެސް ބޮޑު ބަޔަކަށާއި މުޅި ޔޫރަޕަށް ވެސް ފެންނާނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.