
ހިތާމޭ ފިސްވެ ކުދިކުދިވާން ނެތޭ އިތުރަށް ހިތާމަޔަކުން
މިތާނގައި ނެތް ޙިމާތްދޭ ބައެއް އިންޞާފު ނެތި ދިއުމުން
ކޮބައިތޯ ދުނިޔެ ޞުލްޙަ ކުރާ ޖަމާޢަތްތައް އަލިފުދާލުން
ކޮބައިތޯ މުސްލިމުންގެ ވެރިން އަތެއް ދިއްކޮށްލެވޭ ރަޙުމުން
އަދާވާތްތެރި ޔަހޫދީންނާ ހުޅަނގު ހުރިހައި ވެރީން ގުޅިގެން
ހަދާގޮތް މުޅި ފަލަސްޠީނަށް ނެތޭ ދުށް ދައުލަތެއް ބައްރުން
ޝަހީދުވެ ޢާއްމު މަދަނީން ހުސްވެގެން ދާއިރު މަނާކުރުމަށް
ރަހީނުންނަށް ކުރާ އަނިޔާ ދެކޭ ނެތް ބަޔަކު އަދި އަމުދުން
ކަރަންޓެއް ބޯފެނެއް ކާނޭ އެކައްޗެއް ވެސް ލިބޭން ނެތުމުން
އަރަށް އެއްޗެއްނުލައި މީސްކޮޅު ތިބީރޮއިރޮއިމަރަށް ތެޅެމުން
ނެތޭ ވާރޭ ވެހޭ ވެހުމާ އަޅާ ބޮން ޢަދަދަކުން ފަރަގެއް
ނެތޭ އެހެނަސް ޙިމާޔަތްދޭން ބަޔަކު އަދިއެއް ޢަރަބި ބައްރުން
