Support Us

މަސްޖިދިލް އަޤްޞާއަކީ ކޮބާ

މަސްޖިދުލް އަޤްޞާއަކީ އެތައް އިމާރާތަކާއި ފަސް މިސްކިތް ހިމެނޭ ބޮޑު ސަރަޙައްދެކެވެ. މަސްޖިދިލް ޙަރާމަކީ ހަމައެކަނި "ކައުބަތުﷲ" (ގެފުޅު) ކަމުގައި ނުވާހެން، މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ މަސްޖިދިލް އަޤްޞާއަކީ ވެސް އެ ސަރަޙައްދުގައިވާ ވަކި މިސްކިތެއް އެކަންޏެއް ނޫނެވެ. އެއީ ތަނަވަސް ބޮޑު އޭރިއާއެކެވެ. މިގޮތަށް ބަލާއިރު ކައުބާއަކީ މަސްޖިދިލް ޙަރާމުގެ ހިތް ކަމުގައިވާ ފަދައިން މަސްޖިދިލް އަޤްޞާގެ ހިތަކަށް ވާނީ އެ ސަރަޙައްދުގައި ހުރި ޒަމާންވީ އަޤްޞާ މިސްކިތެވެ.

މަސްޖިދިލް އަޤްޞާގެ ގޮތުގައި މި ޒަމާނުގައި މަޝްހޫރުވެފައި ވަނީ އެ ސަރަޙައްދުގައި ހުންނަ ރަންކުލައިގެ ގުއްބު ލީ މިސްކިތެވެ. އެއީ ޤުއްބަތުލް ސަޚްރާ ނުވަތަ ޑޯމް އޮފް ރޮކް އެވެ. މިއީ އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެއް ކަމުގައިވެއެވެ. މިއީ އަޤްޞާ މިސްކިތެއް ނޫނެވެ. ޤަދީމީ އަޤްޞާ މިސްކިތަކީ އަލްޖާމިޢުލް ޤިބްލީގެ ނަމުން މަޝްހޫރު ވެފައިވާ މަސްޖިދިލް ޤިބްލީއެވެ. މަސްޖިދިލް އަޤްޞާއަކީ ހަމައެނި މި މިސްކިތަށް ނޫނެވެ. މަސްޖިދިލް އަޤްޞާއަކީ މި މިސްކިތާއި އަދި އެހެން މިސްކިތްތައް ވެސް ހިމެނޭ ބޮޑު ސަރަޙައްދެކެވެ.

މަސްޖިދިލް އަޤްޞާގެ ސަރަޙައްދުގައި ހުންނަ މިސްކިތްތަކަކީ:

1. މަސްޖިދުލް އަޤްޞާ (ކަނޑައެޅިފައިވާ މުޅި ސަރަހައްދު)

2. މަސްޖިދުލް ޤިބްލީ (ޤަދީމީ އަޤްޞާ މިސްކިތް)

3. މަސްޖިދިލް ޤުއްބަތުއްސަޚްރާ (ޑޯމް އޮފް ރޮކް)

4. މަސްޖިދުލް މަރްވާނީ

5. މަސްޖިދު ބުރާޤު

 

މަޢުލޫމާތު: އަލް ޤުރުއާން އެކްސް ޕޭޖް

* ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *