Support Us

ކޮލަމް: އަލި

ކޮލަމް އަލި: ތިބާގެ އަގުހުރި ވަގުތުތަކުން ވަގުތުކޮޅެއް 

ތިބާގެ އަވަދި ނެތް ތާވަލުން ޝަރުތަކާ ނުލައި ސިކުންތުކޮޅެއް ނަމަވެސް ހުސްކޮށްލާން ޖެހޭ ބަޔަކު ތިބިކަން ތާވަލުގައި ލިޔުނީމު ހެއްޔެވެ!

ޚިދުމަތުގެ މައިދާނުގައި ތިބާ އުޅެނީ މަސްކާށްޓެއް ފަދައިންނެވެ.

އެކުވެރި ކޮފީތަކާއި ވުނަދާނަ ކެއުންތަކުގައި އަރާމުގެ ދުން ބުރުވުމުވައި ތިބާ ހޭދަ ކުރާ ވަގުތުގެ ދިގުމިން ހަގީގީ ޚިދުމަތުގެ ވަގުތަަށް ވުރެ ދިގެވެ.

ތިބާގެ މަންމަ ވީ ކޮންތާކުތޯ ބެލީމުހެއްޔެވެ؟

ތިބާގެ އާއިލާ ވީ ކޮން ތާކުތޯ ބެލީމު ހެއްޔެވެ؟

ތިބާގެ މުދައްރިސް ވީ ކޮންތާކުތޯ ބެލީމު ހެއްޔެވެ؟

ތިބާގެ ފުރަމިތުރުވީ ކޮންތާކުތޯ ބެލީމު ހެއްޔެވެ؟

މިއިން އެކަކު ވެސް ތިބާގެ ވަގުތުން ފައިދާއެއް ނުނަގާނެއެވެ.

އެ މީހުންނަށް ޓަކައި ތިބާ ހުސްކުރާ ކުޑަ ހިނދުކޮޅުގެ އަގު އެ މީހުންނަށް ރަނަށް ވުރެ ބޮޑެވެ.

މިއީ އުފާތަކާއި އަވަދިނެތިކަމުން ބަރާވެފައިވާ އާލަމެކެވެ.

މި ތާނގައި ދައުރުވަނީ އެ މީހަކު އެދޭ ކަމެކެވެ.

އެމީހަކު އެދޭ ކަމަކަށް ވަގުތު ދެވެއެވެ.

އެ މީހަކު ބޭނުން ނަމަ މުޅި ދުވަސް ވެސް ހޭދަކޮށްލަތެވެ. ހުސް އަނގަތެޅުމާއި ދުމާއި ކޮފީގެ ރަހަތަކުގައެވެ.

އަވަދި ނެތް ތިބާގެ ތާވަލުން ތިބާގެ ހިތުގެ ފަރުވާތަކާއި އުންމީދުތަކަށް ޓަކައި ފެންބޮވައިގެންފައިވާ މީހުންނަށް ސިކުންތުކޮޅެއް ކޮންމެ ދުވަހަކު ވެސް ހުސްކުރާށެވެ!

ހަގީގީ އުފަލަކީ ތިމާ ތިމާގެ "ތިމާގެމީހުންނާ"އި ތިމާގެ އުފަލާ ގުޅުވަންދަނެގެން ހަޔާތުގައި އަވަދި ނެތިވުމެވެ.