
ދިވެހި ހަތްވަނަ ރައީސަށް މަރުޙަބާޔާ ތަހުނިޔާ ކިޔަމުން
ދިވެހި އުއްމަތް ނުހަނު އުފަލުން ދަނީ ފަރި ހާރުތައް ގަތަމުން
ދިވެހި ގައުމީ މަލުން ދަސްތާ ގަތައި އަރިހަށް ވެދުން ކުރަމުން
ރިވެތި މާފަތިތަކުން މި މުނާސަބަތު ދިރުވައި އުފާކުރަމުން
ދިވެހި ގައުމަށް މުޢިއްޒުގެ ވެރިކަމުން ފަހިކަން ލިބުން އެދެމުން
ދިވެހި ދައުލަތް ޢަދުލުގައި ކުރިއަރައި ދިއުމަށް ދުޢާ ކުރަމުން
ދިވެހި ގައުމުގެ ސިޔާދަތު ދައުލަތުގެ ބާރާ މުށަށް ލެވިގެން
ދިވެހި ޤައުމިއްޔަތާ ޙުއްރިޔަތުގެ ފޮނި މީރުކަން އެދެމުން
ދިވެހި ޅަދަރީން ރިވެތި ޚުލްޤީ ބައެއްކަމުގައި ބިނާ ވެވިގެން
ރިވެތި އަޚްލާޤުހުރި ދަރިފަސްކޮޅެއް ގައުމަށް ލިބުން އެދެމުން
ދިވެހި ހަތްވަނަ ރައީސަށް ވާގިވެރިކަން ޢަދުލުގައި ދެއްވައި
ދިވެހި ގައުމަށް އަމާން ފާގަތިވި ދައުރެއް ދެއްކެވުން އެދެމުން
