ޒަމާނުގެ ރޭސިއިނގި ބަހަކުން ވެދާ މޭރުން މިވާ ކަންކަމު
ޖަމާކޮށްތަރު ނިކަން ދެއްވާ! ނުވާ ނަމަ ބެހިވަޑައިނުގަނޭ!
ޒަމާނެއް ވެއްޖެތާ މާޒީ…
ޒަމާނެއް ވެއްޖެތާ މާޒީ ތަފާތުކަމެއް ފެނުނު ކަންކަމު
ކަމާއި ބަހާއި އިމު ބޭރުން ކިލެގެއިން ބެހިވަޑައިނުގަނޭ
ޒަމާނެއް ވެއްޖެތާ މާޒީ…
ހަނދޭގިރި މަނިކުފާނުން އަމުރުފުޅުކުޅަޔަސް އެތެރެ ކަންކަމު
ހަނދާ ޖައްވާ ނުޖޫމުގެ ނަކަތު ވިޔަޔާ ބެހިވަޑައިނުގަނޭ
ޒަމާނެއް ވެއްޖެތާ މާޒީ…
ވެލާނާ މަނިކުފާނުން ކަރަ ވިލާތުގެ އުޅެވަޑައި ކަންކަމު
ހިލާ ފާލައްބަ ގޮއި ކަމަކާ ނިކަން ހަމަ ބެހިވަޑައިނުގަނޭ
ޒަމާނެއް ވެއްޖެތާ މާޒީ…
ބަނޑޭރިއެބޮޑު ކުރައްވައި ވިޔަ ޚަޒާނާ ބައްލަވައި ކަންކަމު
ބަނޑޭރިއެވެނު ނަގާ ސޮރަކާ ވަރަށް ހަމަ ބެހިވަޑައިނުގަނޭ
ޒަމާނެއް ވެއްޖެތާ މާޒީ…
ކުރާހަ ކިލެގެ ނިކަން ގާތުގަ ވިޔަސް އަޝްޣާލު ގިނަ ކަންކަމު
ކުރާހަ ރިހާކުރާ ލާހިން މިނާ އިރު ބެހިވަޑައިނުގަނޭ
ޒަމާނެއް ވެއްޖެތާ މާޒީ…
ލަދޭރިއެފާމު ޞާޙިބުތާ އުޅުއްވިޔެ ޞިއްޙަތުގެ ކަންކަމު
ލަދެއް ނެތި ނިޔަމިކަމު ޞަފުޙާތަކާ ފުޅު ބެހިވަޑައިނުގަނޭ
ޒަމާނެއް ވެއްޖެތާ މާޒީ…
ދޮށިއެމޭނާ ކިލެގެ ދަފަރާކުރައްވައި ޤައުމު އެކި ކަންކަމު
ކޮށީ އިން ކުކުޅު ދައިތާގޭ ބިހާ އަޅެ ބެހިވަޑައިނުގަނޭ
ޒަމާނެއް ވެއްޖެތާ މާޒީ…
