ރާގު: ނެތުމުގެ ތެރޭން މި ޢާލަމް…
މައްސަރު ރަބީޢު ގެނުވާ ޒިކުރާ ފަނޑެއް ނުވާނޭ
ދަސްތާ ތަކުން ގަތާލާ ޞަލަވާތް އަރިސް ވެވޭނޭ
ފާއިތުވެގެން ދިޔަސްހާސް ސަނަތެއް ވެދައުރު ހިޖްރީ
މާއިހުގެ ފޮތްތަކުން އައި ނަންފުޅު ޒިކުރު ވެވޭނޭ
ފުރިހަމަ ކުރެއްވި ބިމުގައި މަތިވެރި ހިދާޔަތާ ދީން
ހުރިހައި ކަމެއްމެ ޢަދުލާ އިންޞާފު ހަނދުމަ ވާނޭ
އަނިޔާގެ ހޫނު ގިންޏާ ވޭނުން އިވުނު ރުއިންތައް
ހަނިވާނެ އިން ފުޅާކޮށް ދެއްވެވި ހަނދާން ވެވޭނޭ
އިންސީން ހިނގައި އުޅެންވާ މަގު ކޮށްޓަވައިމެ ދެއްވައި
ގިންތީގެ ހަމަ ބަޔާންކޮށް ދެއްވެވި ހަނދާން ވެވޭނޭ
މުސްލިމް ތަކުންގެ ހިތްތައް ޚުލުޤުން މުޅިން ފުރުއްވައި
އުސްވަތުގެ ބައްތި ތަކަކަށް ހެއްދެވި ހަނދާން ވެވޭނޭ
