Support Us

ރިޔާސީ އިންތިހާބު 2023

އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ޑރ. މުޢިއްޒާއި ރައީސް ސޯލިހު ގަދަ ހިފުމަކަށް

މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު، އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭ ވަރަށް ވޯޓު ލިބިވަޑައިގެންފައި ނުވުމުން، ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް މިއަދުގެ އިންތިހާބުން އެންމެ މަތިން ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓު ކަމުގައިވާ ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒު އަދި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޮވިވަޑައިގެންފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މިއަދު އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޑރ. މުޢިއްޒަށް ލިބިވަޑައިގެންފައިވަނީ 100,723 ވޯޓެވެ. ފަނަރަ ހާހަށް ވުރެ ގިނަ ވޯޓުގެ ފަރަގަކާއެކު ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ރައީސް ސޯލިހަށެވެ. އަދާލަތު ޕާޓީއާއި އެމް.ޑީ.އޭ ކޯލިޝަންގެ ތާއީދާއެކު ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް ސޯލިހަށް ލިބިވަޑައިގެންނެވީ 85,126 ވޯޓެވެ. އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 5387 ވޯޓެވެ. އެމް.އެން.ޕީގެ ޓިކެޓްގައި ވާދަކުރެއްވި ކާނަލް މުހައްމަދު ނާޒިމަށް ލިބިފައިވަނީ 1،794 ވޯޓެވެ. އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިފައިވަނީ 6،231 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށް ލިބިފައިވަނީ 2،934 ވޯޓެވެ. ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް ލިބިފައިވަނީ 15 633 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލަށް ލިބިފައިވަނީ 355 ވޯޓެވެ.

މިއަދު ހެނދުނު އަށެއް ޖެހުމާއެކު ވޯޓުލުން ފެށި ހަވީރު ހަތަރެއް ޖެހުމާއެކު ވޯޓުލުން ބަންދު ކުރުމާ ހަމައަށް 223,288 މީހުން ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،395 މީހުންގެ 79.06 އިންސައްތަ އެވެ.

ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *