Support Us

ދަންވަރާއި ފަތިސް

ހަވީރުގެ ހިތްފަސޭހަ ވަގުތު ދިއައި ހިނގަމުން ދުރަށް އޮބަމުން
އަވީގެ، އަލީގެ ދުސްމިނު ރޭ އައީ ދުވަމުން ދުވާ ފަހަމުން

އަނދިރި މޫނެއްގެ ވެރި ރޭގަނޑު އުޖާލާ އަލި ހަވީރެއް ހެން
ގެދޮރުއެޅިދާނެބާއެ ހިތައި، އައީ ސިހެމުން ފިކުރުކުރަމުން

މަ ކަން މަށަކީ އެނގޭނޭތާ! ހިތަށް އަރައޭ އަނދިރި އައި އިރު
އެ ކަން ދެނެގެން އައީ ކެހިވެރި ދަލެއް ގަތަމުން އެ ދާ އުކަމުން

އަނދިރި ރޭގަނޑުގެ ކަޅުކަޅު މޫނު ފޮރުވާން ބުއްދިއެއް ކޮށްފައި
އުދަރެހުން ރަތްވިލާ ދެއްކިއެ، ޅެމޭ ބުނަމުން ފަރިހި ކިއަމުން

ވިލާރަތްލާ އެ މަންޒަރުތައް، ދުނިޔެއަށް ދައްކަމުން ބުނެއޭ
ބަލާށެ މަގޭ ދިހުން އެ ދަނީ ދުރުން ދިހެމުން އުޑުން ވިދަމުން

އެއީ ރޭގަނޑުގެ ކުލައެއް ނޫން! އެއީ ވެސް އިރުގެ ހަދިޔާއެއް!
އެ ކަން އެނގިދާނެތީ ގެންދިޔަ އޮޅުންކުރަމުން ސިހުރު ހަދަމުން

ރަތާއި، ދޮނާއި، ރީނދޫ، ރަން ވިލާތައް – ގިނަ އިރެއް ނުވެއޭ!
ހިތާމަ ހިތަށް ދެމުން އޮއްސިއްޖެއޭ އައުމުން އަނދިރި ބޮނދަމުން

އަނދިރިކަން، އޭގެ މުށުތެރެއަށް ދުނިޔެ ލައި ކަޅުފޮއަށް ހެދުމުން
ހަނދެއް ނެތް، ހަނދުވަރެއް ނެތް، ދަންވަރެއް ނަށަމުން އައީ ކޮށަމުން

ބުނަންހޭ؟ ދަންވަރާ! ތިއައީ ނިމުން ނެތް އަނދިރިއެއް ނޫނޭ!
ގުނަން ފަށްޓާ! ފަތިސް އެބަ ދޭ މިނެޓު ގުނަމުން އިރަށް ގޮވަމުން

މަ މީ ހެކިވާނެ ޝާހިދެކޭ! ނެތޭ ފަތިހަށް ފިލޭނެ ރެއެއް!
ކަމީ ކަށަވަރު، ފަތިސްވާނޭ! އަނދިރި ފޮހެމުން އަލިން ފަވަމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *