Support Us

ތިޔައީ ކޮންފަދަ ބޭއިންސާފު ބުނުމެއް ހެއްޔެވެ!

ކުރީ ރޭގެ ރިޔާސީ ބަޙުސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް އަމާޒުވި ސުވާލެއްގެ ތެރެއިން، ރައީސްގެ އާއިލާގެ ބޭފުޅުންނަށް ސަރުކާރުގެ ވަޒީފާތައް ދެއްވައިފައިވާ ކަމަށް ބުނެ އިއްވި ނަން ލިސްޓުގައި ފާޠިމަތު މުޙައްމަދު ސާލިޙު (ފާތޭ)ގެ ނަންފުޅު އައުމުން ޙައިރާންވިއެވެ!

ރައީސްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެއް ކަމަށްވާ ފާތޭ ރައީސް އޮފީހުގެ ޚިދުމަތުގައި އެ ހުންނެވީ އަދަަކުނޫނެވެ. ފާތޭއަށް ރައީސް އޮފީހުގެ ވަޒީފާ ދެއްވީ 17 ނޮވެމްބަރު 2018 ގައި ރައީސް ސާލިހު ހުވާކުރެއްވި ފަހަކުން ވެސް ނޫނެވެ. ފާތޭ ޚިދުމަތަށް ނިކުންނެވީ 1986ގެ ފެބްރުވަރީގައެވެ. މީގެ 37 އަހަރު ކުރިންނެވެ.

މިހާތަނަށް ތިން ރައީސުންގެ އަރިހުގައި ރައީސްގެ ސެކެއްޓަރީގެ ގޮތުގައި ހުންނެވި، ހަމައެކަނި ބޭފުޅަކީ ފާތޭއެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް ސޯލިހުގެ ސެކެއްޓެރީއެވެ. މުހައްމަދު ނަޝީދުގެ ރައީސްކަމުގައި ފާތޭ ހުންނެވީ ދަރިފުޅަށް ކިޔަވައިދެއްވަން ރާއްޖެއިން ބޭރުގައެވެ.

ތިން ރައީސުންގެ އިތުބާރު ލިބިވަޑައިގެންފައިވި ފާތޭ ފަދަ ތަޖުރިބާކާރު، ޤާބިލް، މަސައްކަތުގެ ޙިކުމަތާއި އާޖުފާޖު ދެނެވަޑައިގަންނަވާ ބޭފުޅުންނީ، ރައީސް އޮފީހުގައި ވެސް މަދު ބައެކެވެ. ނެތް ބައެކެވެ. ފާތޭ އެ މަޤާމު އެ ފުރުއްވަނީ ރައީސާ ތިމާގެ ކަމަކުންނެއް ނޫނެވެ. އެއީ އެސެޓެކެވެ.

ކޮންމެ ރައީސަކަށް ވެސް އެފަދަ ބޭފުޅުންގެ ޚިދުމަތް މުހިންމެވެ. ކަންކަމުގެ ޕްރޮޓޮކޯލްތައް އެނގުމަށާއި، ނަގުލްވަމުން އައި ރިޔާސީ އާދަކާދަ ފަދަ، ކިތަންމެކިތަންމެ ކަމެއްގައެވެ.

މިއީ، މިފަދަ ޚިދުމަތްތެރިންގެ ޚިދުމަތަށް ފަޚުރުވެރިވެ، ޝުކްރިއްޔާއޭ! ބުނަންވީ ވަގުތެވެ. ހިތްވަރު ދޭންވީ ވަގުތެވެ. މިފަދަ ދަރިންނަށް މި ގައުމު ބޭނުމެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެ ލިސްޓުގައި އެހެރަ އެންމެންނަކީ ހަމަ ގާބިލު މީހުން ހެއްޔެވެ؟ އެޑްވައިޒަރުންނޭ ކިޔާފަ ސިއްރު މުސާރަ ދީފަ އެތިބަ މީހުން އެ ލިސްޓުން ސަލީމަށް ނުފެނުނުކަމީ ވަކި ކުޑަ ބޭއިންސާފެއްހެއްޔެވެ؟ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވެރިކަމުގެ ދަހިވެތިކަމުގައި ވިއްކާލި ބަޔަކަށް ސަނާކިޔުމަކީ ހޯރަފުށީ އާދަމް ސަލީމު ފަދަ ގައުދެކެ ލޯބިވާ ބައްޕައަކަށް ކުރެވޭ ބޭއިންސާފަކަށް ނުވޭހެއްޔެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް