ކޮވިޑް19 ޖެހިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރެ، މިއަދު އެކަނިވެސް 129 މީހުން މި ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
މި ބަލި ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ މި އޮގަސްޓް މަހުގަ އެވެ. ނަމަވެސް ފާއިތުވި ދެ ދުވަހު ބަލިޖެހޭ މިންވަރު 100 އިން ދަށްވެފައި ވަނިކޮށް އަނެއްކާ ވެސް މިވަނީ ކުރިން އޮތް މިންވަރަށް އިތުރުވެފަ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 129 މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި 26 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ނުވަ މީހެއްގެ އިތުރުން ނޭޕާލް މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އަދަދުތައް އުޅުނީ މުޅިންވެސް ސަތޭކައިން މަތީގަ އެވެ.



advertisment