މަތިވެރިކަލެއް މަތިވެރިކަލެއް ވޮޑިގެންވަނީ މަތިވެރިކަލެއް
ކަތިފަލަކަކަށް ތޭވީސް ދަރަޖަ ލެއްވެވި ޢަރުޟު މަތިވެރިކަލެއް
ޢިލްމުގެ އަލީގައި ބުއްދިޔަށް ކަށަވަރުވެ ދެނެގަނެވޭ ގޮތަށް
ޢިލްމުގެމަތީ ހެއްދެވިތަކެތި ލެއްވެވި ނުހަނު މަތިވެރިކަލެއް
އެއްވެސް މިސާލެއްނެތި ކުރިން ކައުނާ ފަޒާގައި ލެއްވިހައި
އެއްޗެއްގެ ޚަލްޤީ ކަންކަމުން ކަށަވަރު ވެވޭ މަތިވެރިކަލެއް
ތަނަވަސްކަމާ ފުންކަމުގެމިން އެނގުމެއް ނުވާ ކައުނަކުތެރޭ
ތަނަކަށްއެ ދިއުމަށް ފަތަފަތާ ލެއްވެވި ދުނިޔެ މަތިވެރިކަލެއް
ވެއްޔާ ފެނާ ހޫނުން ވަޔާ ބިމުގައި ދިރުންތައް ލައްވަވައި
ވެއްޔަށްފަނާވެ އެނބުރިދިއުން ލެއްވެވި އެއީ، މަތިވެރިކަލެއް
ކުޑަވެސް ޚިލާފެއް ފޮތްފޮތާ ފުށު ނާރަޔޭ ހޯދުން ތަކެއް
ކުޑަމިންވަރެއް އެނގުނަސް އެއިން ކަށަވަރުވެޔޭ މަތިވެރިކަލެއް
ފޮތްފޮތް ސަމާވީ ތެދުކުރަން ހުރަހެއް ސަފުން ނޯންނާނެހެން
އޮތްގޮތް ނުހަނު ތަފްޞީލުވީ ފޮތްފޮތުގެ ވެރި މަތިވެރިކަލެއް
