ބޮޑުކަން ހިތަށް ވަނީމާ ނިކަމެތި ނިކަން ވެދާނޭ
ކޮނޑުއުސް ތިމާ ކުރަންޏާ ސިފަވެސް ހުތުރު ވެދާނޭ
ސައިޒާ ތިމާގެ ވަޒަނުން އަނެކާ ވަޒަން ކުރަންޏާ
ފައިދާ އެއިން ނުވާތާ ނުރުހުން ފަހުން ވެދާނޭ
ސަބަބަށްޓަކައި ތިމާޔަށް ކުރެވޭ ގަދަރު ވަޔާ ގޮސް
ސަބަބާ ކަމާ ނެތޭ ހިނދު ދެރަ މީހަކަށް ވެދާނޭ
ޢިލްމާއި ޙިލްމު ޢަޤުލާ ލިބިފައި ކިތަންމެ ހުއްޓަސް
ސިލްމާ ސަލާމަތެއް ނެތް ބަދު މީހަކަށް ވެދާނޭ
ކިބުރުން ހެދޭ ހިތުގެގަހު މޫތައް ދުވާން ފެށީމާ
ބިރުވެރި ޚިޔާލުތައް ގިނަ ނާމާން އެ ހިތް ވެދާނޭ
ރައްޓެހި އަވައްޓެރިންނާ މިތުރުން ނުުރުހި ތިމާޔާ
އައްޑިހަ ގަޒާ ދުރަށްޖެހި އަބަދަށްމެ ފޭ ވެދާނޭ
ރައްބީގެ ރުއްސެވުން ނެތް މީހަކުކަމަށް ވެފައި ދެން
ބައްރުން ނިކަން އެކަނިވެރި އަޅަކަށް ތިމާ ވެދާނޭ
