ހިތުގެ ޢުމުޤުން އަހަންނަށް އެއްފަހަރު އަދި މާފުކޮށްދޭށޭ
މިތުރުގެ ފިޔައިގެ ހިޔަލުން ޖާގައެއް އަދިވެސް މަށަށްދޭށޭ
ބަހާރީ މޫސުމަށް ފަރިވީ މަލުގެ ފޮނި ރާޙަތާ ޒައުޤުން
ފަހައިލެވިގެން ހިތާމައިގައި ހަލާކުވެދާން ނުޖައްސާށޭ
އުފާވެރިކަމުގެ މަތިވެރި އިންތިހާގައި އެކުވެ ލޯބީގައި
އުފާތައް އަހުރެނަށް ދީފައި ދުރަށްދާން ގަސްތު ނުކުރާށޭ
އަރަށް އެއްޗެއް ނުލެވި ހައިހޫނުގައި ޔާރާގެ ލޯބީގައި
މަރަށް ތެޅިފޮޅިލަފޮޅިލައި އަހުރެނަށް އޮންނަށް ނުޖައްސާށޭ
ނުހަނުލޯބީގެ ފިރުމުންތައް ހިތަށްވެރި ކުރުވި އަސަރުތަކުން
އުހައުވެރި ކުރުވި ފޮނި މާޒީ މަށަށް އަދިވެސް ގެނެސްދޭށޭ
ވިލާކޮޅަކުން ވިޔަސް ފަރުދާވުމެއް ނެތި އުޑުގެ ޝާއްބަކަމާ
ދިލާސާކަން އުޑުގެ ތަރިތައް އެދިން ރޭތައް ގެނެސްދޭށޭ
ނުލައި ކަލެޔާ މިދުނިޔޭގައި މަށަށް ދިރި ނުހުރެވޭނެޔަތީ
ނުލައި ކުޑަވެސް ދޮގެެއް މިލިޔުނު ބަޔާނަށް ގަދަރު ކޮށްދޭށޭ
