Support Us

ޔަހޫދީ ވަޒަންވެރީންގެ ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް ޢަލަމައިން ސަމިޓުން ގޮވައިލައިފި

ޔަހޫދީ ވަޒަންވެރީންގެ ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް ޢަލަމައިން ސަމިޓުން ގޮވައިލައިފިއެވެ.

މިޞްރުގެ ޢަލަމައިން ސަހަރުގައި ބޭއްވި ޢަރަބި ތިން ޤައުމުގެ ސަމިޓުން ވަނީ ފަލަސްޠީނުގެ މަސްއަލަ ޙައްލުކުރުމަށާއި އިސްރާއީލުން ހުޅަނގު އައްސޭރިއަށް އެރުން ހުއްޓާލުމަށާއި، ޔަހޫދީ ވަޒަންވެރިން ހިންގާ ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށާއި ޣައްޒާ ޙީޞަރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވައިލައިފިއެވެ. މި ސަމިޓުން ބުނިގޮތުގައި މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޟަރޫރަތެކެވެ.

އުރްދުން- މިޞްރު– ފަލަސްޠީނުގެ ސަމިޓްގައި އުރްދުންގެ ރަސްގެފާނު ދެވަނަ ޢަބްދުﷲ އާއި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީއާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވެ ވަޑައިގަތެވެ. މި ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޢައްބާސް މިޞްރަށް ވަޑައިގަތީ އާދީއްތަ ދުވަހު އެވެ. އުރްދުންގެ ރަސްގެފާނު ޢަބްދުﷲ މިޞްރަށް ވަޑައިގަތީ އިއްޔެ އެވެ.

ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި ބައިނަލްއަޤްވާމީ ހުރިހާ މުޢާހަދާތަކަކާއި ނިންމުންތައް ތަންފީޒު ކުރުމަށް މި ސަމިޓުން އިސްރާއީލަށް ގޮވައިލިއެވެ.

ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތް ބާރުގެ ގޮތުން އިސްރާއީލަށް ލާޒިމުވާ ކަންތައްތަކެއްވާ ކަމަށް މި ސަމިޓުން ބުންޏެވެ. އިސްރާއީލުން ހުޅަނގު އައްސޭރީގެ ރަށްތަކަށް އެރުން ހުއްޓައިލުމަށާއި ޣައްޒާ ޙިޞާރު ކުރުން ނައްތައިލުމަށާއި ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް މި ސަމިޓުން އިސްރާއީލަށް ގޮވައިލިއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އިސްރާއީލުން އަރައިގަންނަމުންދާ އަރައިގަތުންތަކާއި އަޤްޞާ މިސްކިތުގެ ޙުރްމަތް ކެނޑުން ފަދަ ޢަމަލުތައް ހުއްޓައިލުމަށް ވެސް މި ސަމިޓުން އިސްރާއީލަށް ގޮވައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *