Support Us

ފޮޓޯތަކެއް ނެގުމަށް ޚާއްޞަ ހެދިހަނދެއް ޗައިނާއިން ހަވާއަށް ފޮނުވައިފި

ތިން ދުރުމިނުގެ ފޮޓޯ ނެގުމުގެ ޤާބިލްކަން ލިބިފައިވާ ފުރަތަމަ ހެދިހަނދު ޗައިނާއިން މިއަދު ހަވާއަށް ފޮނުވައިލައިފިއެވެ.

ކާރިސާތައް ބެލުމަށް ޓަކައި އެރުވި މި ހަނދުގެ ނަމަކީ "L-SAR4 01″ އެވެ. މި ހަނދު ހަވާއަށް އުފުލީ ލޯންގް– މާޗް– 3 ބީ" ޖައްވީ އުޅަނދުގައެވެ.

ޗައިނާގެ ހަވާޔާ ބެހޭ ވަޠަނީ މަރްކަޒު (CNSA) ބުނާގޮތުގައި ޗައިނާއިން ހަވާއަށް ފޮނުވި ހެދިހަނދުގައި ހުންނަ ޚާއްޞަ އާނގައަކުން ދެ ދުރުމިންކޮށްނާއި ތިން ދުރުމިންކޮށް ފޮޓޯތައް ނެނގޭނެއެވެ. 

ޗައިނާއިން މި ހަނދު ހަވާއަށް ފޮނުވީ ޗައިނާގެ ސިޗްވާން ސަރަޙައްދުގައި ހުންނަ ޗައިނާގެ ޖައްވީ ސިޗަންގް އިސްޓޭޝަނުންނެވެ. މި ހަނދު ވަނީ އުދުއްސައިލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭގެ ވަށަލައިގެ (އޯބިޓް) ތެރޭގައި ދައުރުކުރާން ފަށައިފައެވެ.

 ޗައިނާ ސަރަޙައްދުތެރޭގައި އުފެދެމުންދާ ޠޫފާނުތަކާއި ޤުދްރަތީ ކާރިސާތައް މި ހެދިހަނދުގ ސަބަބުން ދުރާލައި ދެނެގަނެ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަން އެނގޭނެއެވެ. މި ކަމުގެ ސަބަބުން ޤުދްރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ފިޔަވަޅު އަޅަން އެނގޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *